ދިވެހިރާއްޖެ
މޯލްޑިވްސް ސާރފިންގ އެސޯސިއޭޝަން
މާލެ، ދިވެހިރާއްޖެ
މޯލްޑިވްސް ސާރފިންގ އެސޯސިއޭޝަންގެ 2023 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާ 4 ނޮވެމްބަރ ވާ ހޮނިހިރު ދުވަހުގެ ރޭ ހެންވޭރު ބޯޅަގޭ މީޓިންގ ހޯލުގައި ބޭއްވުމައް ވަނީ ހަމަޖެހިފައިއެވެ. މި ޖަލްސާގައި މި އެސޯސިއޭޝަންގެ އާ ހިންގާ ކޮމެޓީގެ އިންތިޚާބު ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ. ވީމާ ހިންގާ ކޮމިޓީގެ މަޤާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ އެމް.އެސް.އޭ މެމްބަރުން، މަގާމަށް ކުރިމަތި ލުމައް އެދޭ ފޯމް ފުރުމަށްފަހު، 1 ނޮވެމްބަރ 2023 ގެ 14:00 ގެ ކުރިން މި އެސޯސިއޭޝަން އަށް ހުށައަޅައި ދެއްވުން އެދެމެވެ.
ހިންގާ ކޮމެޓީއަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މަޤާމްތައް:
- ރައީސް
- ނައިބު ރައީސް
- ޖެނެރަލް ސެކްރެޓަރީ
- ޓްރެޝަރަރ
- ޢާންމު މެމްބަރ
- ޢާންމު މެމްބަރ ( އަންހެން މެންބަރު)
ހިންގާ ކޮމިޓީގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރުމަށްފަހު ފޮނުވާނީ މި އެސޯސިއޭޝަނުގެ އީމެއިލް އެޑްރެސް [email protected] އަށެވެ.
އަހަރީ އާންމު ޖަލްސާ އަދި ހިންގާ ކޮމިޓީގެ އިންތިޚާބާ އޮންނާނެ ތަނާއި ތާރީޚް:
ތާރީޙް: 4 ނޮވެމްބަރ 2023
ގަޑި: 20:00
ތަން: އެމް.އެން.އައި.އެސް. މީޓިން ރޫމް (ހ. ބޯޅަގެ)
މިކަމާ ބެހޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 9175156 ނުވަތަ 7990977 ނަންބަރާއި ގުޅުއްވުން އެދެމެވެ.
ޝުކުރިއްޔާ!
24 އޮކްޓޫބަރު 2023