ކުއްޔަށް ދިނުން
ނަންބަރު: (IUL)419/419/2023/100
ޕަބްލިޝްކުރި ތާރީޚް: 25 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 10:47
ސުންގަޑި: 16 ނޮވެންބަރު 2023 10:30
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ގައްދޫ އިން ކެއުންބުއިމުގެ ޚިދުމަތްތަކަށް ބިން ކުއްޔަށްދިނުން

                     މިއީ، ގދ.ގައްދޫ ސެންޓްރަލް ޕާރކް އާއި ދިމާލަށް، ވަތަބަނޑޭރި މަގުގެ އިރުމަތީގައި ރަސްފަންނުގެ އުތުރަށް އޮތް ހުސްބިމުން  1000  ) އެއްހާސް ( އަކަފޫޓްގެ ބިން ކެއުންބުއިމުގެ ޚިދުމަތްތަކަށް 25 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ފުރުސަތު  ހުޅުވާލުމަށް ކުރެވޭ އިޢުލާނެކެވެ.

                     ވީމާ، މިބިމުގައި ކެއުންބިއުމުގެ ވިޔަފާރި ހިންގުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

  • 16 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.
  • (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

2

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

ބީލަން ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް.

 

 

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                  25  އޮކްޓޯބަރ 2023                                                  

25 އޮކްޓޫބަރު 2023