ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL) 28-FA-1/1/2015/48
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 09:05
ސުންގަޑި: 11 މާރިޗު 2015 10:30
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ލޯންޗެއްގެ ޕޯޓް އިންޖީނުގެ ފްލައިވީލް ކަޕްލިންގއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

ލޯންޗެއްގެ ޕޯޓް އިންޖީނުގެ ފްލައިވީލް ކަޕްލިންގއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިތަކެތި ސަޕްލައިކޮށްދޭން އެދޭ ފަރާތްތަކުން 11 މާރިޗު 2015 ވަނަ ދުވަހުގެ 10:30 އަށް މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވުމަށްފަހު 15 މާރިޗު 2015 ވަނަ ދުވަހުގެ 10:30 އަށް މިމިނިސްޓްރީއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.

މިކަމަށް މީގެކުރިން ކުރި މިމިނިސްޓްރީގެ ނަންބަރު IUL)28-FA-1/1/2015/44) އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް ފަރާތްތަކުން މަޢުލޫމާތު އޮޅުންފިލުވުމަށް ހާޒިރުވެފައިނުވާތީ، އެއިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

13 ޖުމާދަލްއޫލާ 1436

04 މާރިޗު 2015