ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-AB/426/2023/457
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 14:20
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫސިޓީގެ ކުލީބިންތަކުގެ ކުލި ކަނޑައެޅުމާއި ކުލި މުރާޖަޢާކުރުމާ ގުޅޭ އުޞޫލު އާންމު ކުރުމާ ގުޅޭ

އިޢުލާން

 

އައްޑޫސިޓީގެ ކުލީބިންތަކުގެ ކުލި ކަނޑައެޅުމާއި ކުލި މުރާޖަޢާކުރުމާ ގުޅޭ އުޞޫލު އާންމު ކުރުމާ ގުޅޭ

 

                         އައްޑޫސިޓީގެ ކުލީބިންތަކުގެ ކުލި ކަނޑައެޅުމާއި ކުލި މުރާޖަޢާކުރުމާގުޅޭގޮތުން އެކުލަވާލެވިފައިވާ އުސޫލަށް ގެނެވުނު އިސްލާޙާއެކު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރ426-B(4)/2023/111  (14 ސެޕްޓެމްބަރ 2023) ކައުންސިލްގެ ނިންމުމުން ފާސްކޮށްފައިވާތީ 14 ސެޕްޓެމްބަރ 2023 އިން ފެށިގެން އަމަލު ކުރުމަށް ފަށާފައިވާ އުސޫލުން ކުށެއް ފާހަގަކުރެވިގެން އެއުޞޫލު އަލުން އިޞްލާޙުކޮށް، މިއަދުން ފެށިގެން އިޞްލާޙުކޮށްފައިވާ އުޞޫލަށް ޢަމަލުކުރަން ފަށައި އެކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

މި އިޢުލާނާއި އެކު އައްޑޫސިޓީގެ ކުލީބިންތަކުގެ ކުލި ކަނޑައެޅުމާއި ކުލި މުރާޖަޢާކުރުމާގުޅޭ އުޞޫލު އެއްކަރުދާސް ކުރެވިފައިވާނެ ވާހަކަ ދެންނެވީމެވެ.

މިއިޢުލާން ޝާއިޢުކުރެވުމާއެކު މިއިދާރާގެ ފަރާތުން ޢާންމުކުރި ނަންބަރު: (IUL)426-AB/426/2023/415(14 ސެޕްޓެމްބަރ 2023) އިޢުލާން ބާޠިލުކޮށް އެކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

 

09 ރަބީއުލްއާޚިރު  1445
24 އޮކްޓޯބަރ 2023

24 އޮކްޓޫބަރު 2023