ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)322-M/322/2023/113
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 11:33
ސުންގަޑި:
29 އޮކްޓޫބަރު 2023 13:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
• ކޯޓޭޝަން ބޭނުންވެއްޖެ:
- މިރަށު ބޯޅަދަނޑު އިންފާރު އަރިވެފައިވާ ބައި ނަގައި ބިންސާފުކުރުމުގެ މަސައްކަތް ކުރަން ބޭނުންވާތީ މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- ކޯޓޭޝަންގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
- ކޯޓޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 29 އޮކްޓޫބަރ 2023 ވަނަ ދުވަހުގެ 09:00 އާ 13:00 އާ ދެމެދު މިއިދާރާއަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
- ކޯޓޭޝަނާއެކު ވިޔަފާރި ރެޖިސްޓްރީ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
- މަސައްކަތް ކުރުމާބެހޭ މަޢުލޫމާތު:
- ބޯޅަދަނޑު އިންފާރު ސޯސަންގެއާ ދިމާ ދޮރާށިން ފެށިގެން ހުޅަނގަށް 181 ފޫޓު ފާރު ނެގުން. ( ގާތްތަޑަކަށް ސޫރަޖު ގޯތި އިންފާރުގައި ހަރުކޮށްފައިވާ މަގުބައްތި ފޮއްޓާ ހަމައަށް)
- ހަމަޖެހިފައިވާ އުޞޫލުން ގާކުނިތަކާއި ކޮންކްރީޓްތައް އުކާލުން.
- ފާރުނެގުމުގެ ސަބަބުން ހެދޭ ވަޅުގަނޑުތަކަށް ފަސް އަޅައި އެއްވަރުކުރުން.
- އިތުރަށް ބޭނުންވާ ވެލި ނަގާނީ ކުނިއަންދާ ތަނުން.
- ވަޅުގަނޑަށް ފަސް އެޅުމުގެ ކުރިން ކައުންސިލްގެ އިދާރާއަށް ދެއްކުން.
- އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން މިއިދާރާއަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
- ފޯންނަންބަރ: 4005080
24 އޮކްޓޫބަރު 2023