ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)242/242/2015/14
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 09:03
ސުންގަޑި: 12 މާރިޗު 2015 11:00
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަކެތި ގަތުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

ޒޯން ސްޓޭޑިއަމް 7 އަށް ބޭނުންވާ ތަކެތި ގަތުމަށް މިކައުންސިލްގެ އިދާރާއިން ކުރެވުނު ނަންބަރު: IUL)242/242/2015/10)ފ(2015-03-11) އިޢުލާނާ ގުޅިގެން ގަންނަން ބޭނުންވާ ތަކެތި ވިއްކުމަށް އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާތީ، އެއިޢުލާން ބާޠިލުކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މި ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ޒޯން ސްޓޭޑިއަމް 7 އަށް ބޭނުންވާ ތަކެތި ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ގދ. އަތޮޅު ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން ގދ. އަތޮޅު ކައުންސިލްގެ އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ. އަދި ހުށަހަޅުއްވާ އަންދާސީހިސާބު ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

12 މާރިޗު 2015 ވަނަ ދުވަހުގެ 11:00 އަށް

15 މާރިޗު 2015 ވަނަ ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއްނުވެއެވެ.

14 ޖުމާދަލްއޫލާ 1436

05 މާރިޗު 2015