މަސައްކަތް
ނަންބަރު: (IUL)419/419/2023/107
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 11:07
ސުންގަޑި: 16 ނޮވެންބަރު 2023 13:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ގައްދޫ ހައުސިންގ ޔުނިޓްތަކުގެ ނަރުދަމާގެ މައްސަލަ ހައްލުކުރުމާއި ވަޅު ބަހައްޓާނެ ފަރާތެއް ހޯދުމާއިގުޅޭ.

ގދ.ގައްދޫ ހައުސިންގ ޔުނިޓްތަކުގެ ނަރުދަމާގެ މައްސަލަ ހައްލުކުރުމާއި ވަޅު ބަހައްޓާނެ ފަރާތެއް ހޯދުމާއިގުޅޭ.

 

           މިކައުންސިލުންދޭ މާއުލޫމާތާއި އެއްގޮތަށް، ގެދޮރުވެރިކުރުން ޕްރޮގްރާމްގެ ދަށުން 2022 ނޮވެމްބަރ 30 ވަނަ ދުވަހު މިއިދާރާއިން ކޮށްފައިވާ ނަންބަރ  (IUL)419-ESMSPL/419/2022/122 ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު އެކަޝީގެން ވާވަރަށް ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން ގދ،ގައްދޫގައި ޢިމާރާތްކޮށްފައިވާ 50 ހައުސިންގ ޔުނިޓްގެ ނަރުދަމާގެ މައްސަލަ ހައްލުކުރުމާއި ހައުސިންގ ޔުނިޓް ތަކުގައި ވަޅު ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. 

           ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚުގައި މަޢުލޫމާތު ސާފުކުރުމަށްފަހު  އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

  • 16 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.
  • (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

2

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

ބީލަން ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް.

 

 

        

 

 

 

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

  24 އޮކްޓޯބަރ 2023                                                   

24 އޮކްޓޫބަރު 2023