ދިވެހިރާއްޖެ
މި ކޯޓުން ފޯރުކޮށްދޭ މައްލޫމާތާއި ކުރެހުމާއި އެއްގޮތަށް ވ.ރަކީދޫ ކޯޓުގެ ޝަރީޢަތްކުރާ ކޮޓަރީގެ ބެކްޕެނަލް އާއި ކޯޓްރޫމުގައި ކާޕެޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި މަސައްކަތާބެހޭ މަޢްލޫމާތު ސާފުކޮށްދިނުން 29 އޮކްޓޯބަރ 2023 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ވ. ރަކީދޫ މެޖިސްޓްރޭޓްކޯޓާއި، މި ކޯޓުގައި އޮންނާނެއެވެ. އީމެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާނަމަ އެކަމަށް އެދޭ ފޯމު އީމެއިލް ކުރާނީ 29 އޮކްޓޯބަރ 2023 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން [email protected] އަށެވެ.
ބީލަން ހުށަހަޅާނީ 31 އޮކްޓޯބަރ 2023 ވާ އަންގާރަ ދުވަހުގެ 11:00 އަށް ވ. ރަކީދޫ މެޖިސްޓްރޭޓް ކޯޓް އަދި މި ކޯޓަށެވެ. މި މަސައްކަތުގެ މަޢްލޫމާތު ޝީޓާއި އަންދާސީ ހިސާބު ހުށަހަޅާފޯމު އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފޯމް އިޢްލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.
ބީލަން ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ ބީލަމާއި، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.