މަސައްކަތް
ނަންބަރު: H1C-A/2023/14
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 09:35
ސުންގަޑި: 30 އޮކްޓޫބަރު 2023 13:00
މާލެއަތޮޅު ކާށިދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކ.ކާށިދޫ މެޖިސްޓްރޭޓް ކޯޓުގެ ގުދަނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ގުދަނަށް ބައެއް އިތުރުކުރުމުގެ މަސައްކަތް

މިކޯޓުގެ ގުދަނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ގުދަނަށް ބައެއް އިތުރުކުރުމުގެ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.    

 ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 2023 އޮކްޓޯބަރ 30 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން މި އިއުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ މައުލޫމާތު ޝީޓަށް ރިޔާއަތްކޮށް، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 ނޯޓް: މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކޮށް އަންދާސީހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޟިރުވާއިރު އެބޭފުޅެއް ތަމްޞީލު ކުރައްވަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ރަސްމީލިޔުމެއް (ރަޖިސްޓްރީ ކޮޕީ) ހުށަހަޅަން ވާނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލު ހަމަޖެއްސިކަން އަންގައިދޭ ސިޓީއެއް ގެންނަން ވާނެއެވެ.

24 އޮކްޓޫބަރު 2023