ދިވެހިރާއްޖެ
އިޢުލާން
ކޮލަމާފުށީ ބަނދަރު ސަރަހައްދުގައި އިންދުމަށް 25 (ފަންސަވީސް) ކަދުރު ރުއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ކޮލަމާފުށީ ބަނދަރު ސަރަހައްދުގައި އިންދުމަށް 25 (ފަންސަވީސް) ކަދުރު ރުއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށާއި ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ނަންބަރު 1/2003) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ޖަމާޢަތްތަކަށެވެ.
މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 29 އޮކްޓޯބަރ 2023 ވާ އާދިއްތަ ދުވަހުގެ 13:00ގައި ކުރިން މިއިދާރާއަށް ހުށަހެޅުމުން ނުވަތަ [email protected] އަށް މެއިލްކުރެއްވުމުން ރަޖިސްޓްރީކޮށް ދެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަޤީންކުރަންވާނީ ރަޖިސްޓްރީވި ކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ނޯންނާނެއެވެ.މިބީލަމުގައި ޕްރީބިޑް ބައްދަލުވުމެއް ނޯންނާނެއެވެ. މަޢުލޫމާތު ކަރުދާސް އަދި ބިޑު ޑޮކިއުމަންޓް އިޢުލާނާއިއެކު ގެޒެޓްކުރެވިފައިވާނެއެވެ.
ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 02 ނޮވެންބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިންގް ރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަން ހުށަހަޅާ ދުވަހަކީ ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ދެން ބީލަންތައް ބަލައިގަންނާނީ ޖެހިގެންއަންނަ ރަސްމީދުވަހު 13:00 ގައެވެ.
08 ރަބީއުލްއާޙިރާ 1445
23 އޮކްޓޯބަރ 2023