ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުސަތު:
މި ސްކޫލުގެ، ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ.
މަޤާމު |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
|
ބޭނުންވާ އަދަދު |
1 (އެކެއް) |
|
މަސައްކަތް ކުރަންޖެހޭ އޮފީސް |
ޖަމާލުއްދީން ސްކޫލް |
|
މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު |
- ދަރިވަރުންނާ ގުޅުންހުރި ލިޔެކިޔުންތައް ޓައިޕްކުރުން. - ދަރިވަރުންނަށް ދެވޭ ސްލިޕްފަދަ ތަކެތި ޓައިޕްކުރުން. - އެކިއެކި ބޭނުމުގައި އަންނަ ފަރާތްތަކަށް އެހީތެރިވެދިނުމާއި، އެފަރާތްތަކުން ބޭނުންވާ ކަންތައްތައް އަވަހަށް ކޮށްދިނުމަށް މަސައްކަތްކުރުން. - ރަސްމީ އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ ފަދަ ލިޔުންތަކާއި، ލިބޭ ސިޓީ ފަދަ ލިޔުންތައް ލިޔެ ތައްޔާރުކޮށް ފޮނުވައި ބެލެހެއްޓުން. - އޮފީހުގައި ހުންނަ ލިޔެކިއުމާއި އެހެނިހެން ތަކެއްޗަށް އަމާނާތްތެރިވުން. - ސްކޫލުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން. |
|
މުސާރަ: މަހަކު -/4465 ރުފިޔާ ސަރވިސް އެލަވަންސް: މަހަކު -/1500ރުފިޔާ ރޭންކް: ޖީއެސް 3 (ޖެނެރަލް ސަރވިސް 3) ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 |
||
މަޤާމުގެ ޝަރުޠު |
1- އެޑްމިނިސްޓްރޭޝަން / މެނޭޖުމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖުމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
|
އިތުރު ޢިނާޔަތްތައް |
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
|
ހުށަހަޅަންޖެހޭ ތަކެތި:
އިންޓަރވިއުކުރުން: * މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 22 މާރިޗު 2015 ގެ ފަހުގެ ތާރީޚެއްގައެވެ. * މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލެމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަރވިއުކުރެވޭނީ، ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: - ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. - ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު. - ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. ތަކެތި ހުށަހަޅަންޖެހޭ އޮފީސް: މި ވަޒީފާއަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ސްކޫލުގެ އޮފީހަށެވެ. ފޯމާއި އެހެނިހެން ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 މާރިޗު 17 ވާ އަންގާރަ ދުވަހުގެ ދުވަހުގެ މެންދުރުފަހު 15.00 ގެ ކުރިންނެވެ. ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަވިއު ކުރުމަށްފަހު އެންމެ މަތީ މާކްސްލިބޭ، އަދި އެންމެ ޤާބިލްކަމަށްފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މި ސްކޫލުގެ 3324415 ނަންބަރު ފޯނާ ގުޅުން އެދެމެވެ. |
||
18 ޖުމާދަލްއޫލާ 1436 |