ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2015/127
ޕަބްލިޝްކުރި ތާރީޚް: 09 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 08:58
ސުންގަޑި: 16 މާރިޗު 2015 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެސިސްޓެންޓް ރެޖިސްޓްރަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

އެސިސްޓެންޓް ރެޖިސްޓްރަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 9,124.50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,910.50 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ގްރޭޑް:

6

ސްޕައިން ޕޮއިންޓް:

32

ދާއިރާ:

އިންފޮމޭޝަން ޓެކްނޮލޮޖީ

މަޤާމުގެ ޝަރުޠު:

  • ވަޒީފާގެ މަސްއޫލިއްޔަތުތައް، އަންނަނިވި ހުނަރާއި ތަޢުލީމުގެ ފެންވަރުގައި ކުރަން އެނގުން.
  1. ލެވެލް 7 ގެ ބެޗެލަރ ޑިގްރީއަށްފަހު، ދަސްވެފައިވާ ތިއަރީތަކާއި އުޞޫލުތައް ކޮންސޮލިޑޭޓްކޮށް ފުރިހަމަކުރުމަށްޓަކައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތާ ގުޅޭ ތަޖުރިބާ ލިބިފައިވުން.
  2. ލެވެލް 5/6 ގެ ޑިޕްލޮމާއެއް ހޯދުމަށްފަހު، ޚާއްޞަ ދާއިރާއިން ފުން ޓެކްނިކަލް ނުވަތަ އިދާރީ ހުނަރާއި އިލްމުގެ މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް، ޢިލްމާއި ޤާބިލްކަން، އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކޯސްތަކާއި ދަރިވަރުންގެ މަޢުލޫމާތު ބަލަހައްޓާ ނިޒާމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އިސްނެގުން. މިކަމުގެ ތެރޭގައި، ސިސްޓަމް ޑިޒައިންކުރުމާއި، ބެކަޕް މަސައްކަތްކުރުން ކަށަވަރުކުރުމާއި، ޑޮކިޔުމެންޓްކުރުމާއި، އަޕްޑޭޓްކުރުން ހިމެނެއެވެ.
  2. ޔުނިވަރސިޓީގެ ކޮމިއުނިޓީއަށް، ދަރިވަރުންގެ މަޢުލޫމާތު ބަލަހައްޓާ ނިޒާމާބެހޭ ކަންކަމުގައި ރިސޯސްއެއްގެގޮތުން ޚިދުމަތްކުރުން.
  3. ކޯސްތަކާއި އެކަޑެމިކް ކަންތައްތަކާ ގުޅިގެން ހަމަޖެހިފައިވާ ޤަވާއިދުތަކާއި ސިޔާސަތުތައް ތަންފީޒުކުރުން. މި މަސައްކަތުގެ ތެރޭގައި، ދަރިވަރުންގެ އެކަޑެމިކް ސްޓޭންޑިންގ ބެލުމާއި، ދަރިވަރުން ވެއްދުމާއި، ވަކިކުރުމާއި، އެއް ޓާމުން އަނެއް ޓާމަށް ދަރިވަރުން ކުރިއަށްޖެއްސުން ހިމެނެއެވެ.
  4. ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް ބެލުމާއި، އެ މުވައްޒަފުންނަށް މަސައްކަތް ހަވާލުކުރުމާއި، ތަމްރީންކުރުމާއި، މައްސަލަތައް ޙައްލުކުރުމާއި، ފެންވަރު ވަޒަންކުރުމާއި، އެކަމާ ގުޅިގެން ހިއުމަން ރިސޯސް ސެކްޝަނަށް ހުށަހެޅުންތައް ހުށަހެޅުމުގައި ރެޖިސްޓްރާރގެ އިރުޝާދުގެ ދަށުން ޢަމަލުކުރުން. މުވައްޒަފުންގެ ފަރާތުން އެންމެ އެދެވޭ ޚިދްމަތް ނެރުމަށް އެ މުވައްޒަފުންގެ މަސައްކަތުގެ ރޫޙު މަތިކޮށް ހިތްވަރު ދިނުމަކީ، މި މަސައްކަތުގެ ތެރޭގައި ހިމެނޭ ބައެކެވެ.
  5. އެކަޑެމިކް ޓްރާންސްކްރިޕްޓް ޕްރޮސެސްކުރުމާއި، ދަސްވެނިވުމަށް ބޭނުންވާ މަޢުލޫމާތު ވިލަރެސްކުރުމާއި، ޚާއްޞަ ޕްރޮގްރާމްތަކާބެހޭ ސަނަދުތައް ތައްޔާރުކުރުމާއި، ތަފާސް ހިސާބުތައް އެއްކޮށް ރިޕޯޓްތައް އެކުލަވައިލުން.
  6. ދަރިވަރުންގެ ގްރޭޑްތަކާ ބެހޭގޮތުން މަޢުލޫމާތު އެދޭ ފަރާތްތަކަށް ފޯރުކޮށްދީ، ދަރިވަރުންގެ ރެކޯޑުތަކާ ބެހޭގޮތުން އުފެދޭ މައްސަލަތައް ހައްލުކުރުރުމާއި ޖަވާބުދާރީވުން.
  7. ދަރިވަރުންގެ ޚިދްމަތްތަކާބެހޭ ބައި އެންމެ އެދެވޭގޮތަށް ހިންގުމަށްޓަކައި މަސައްކަތުގެ ޢުސޫލުތައް އެކުލަވާލައި، އިސްކަންދޭ ކަންތައްތައް ތަރުތީބުކޮށް، މި ބައިތައް ތަރައްޤީކުރުމުގައި ރެޖިސްޓްރާރއަށް އެހީތެރިވެދިނުން.
  8. ޔުނިވަރސިޓީގެ ސިޔާސަތުތަކާއި މަޤްޞަދުތަކާއި ރޭވުންތައް ރޭވުމުގައި ބައިވެރިވެ، މިކަންކަން ހާސިލުކުރުމަށް ކުދި މަޝްރޫޢުތައް އެކުލަވާލައި، އެ މަޝްރޫޢުތައް ހިންގުން.
  9. އާ ޕްރޮގްރާމްތަކާއި، މިހާރު ހިންގާ ޕްރޮގްރާމްތައް ޕްރޮމޯޓުކުރުމާއި، ޔުނިވަރސިޓީގެ އެތެރެއާއި ބޭރުގައި ޖަލްސާތަކުގައި ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައި ނުވަތަ ޔުނިވަރސިޓީ ތަމްސީލުކުރުން.
  10.  ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިގެ މަސައްކަތްތައް ހަރުދަނާކުރުމަށް އުފައްދަންޖެހޭ ސިޔާސަތުތަކާއި މަސައްކަތު ޢުޞޫލުތައް ކަނޑައަޅައި ތަރައްޤީކުރުމުގައި ރެޖިސްޓްރާރއަށް އެހީތެރިވެދިނުން.
  11. އަހަރީ ބަޖެޓް އެކުލަވައިލުމާއި، ދަރިވަރުންގެ ޚުދުމަތްތަކާބެހޭ ބަޔަށް ކަނޑައެޅިފައިވާ ބަޖެޓް މޮނިޓަރކުރުމާއި ބެލެހެއްޓުން.
  12.  ދަރިވަރުންގެ ރެކޯޑުތަކާބެހޭ ސިޔާސަތުތަކާއި އެތެރެއާއި ބޭރުގެ މަޢުލޫމާތުތައް ތަފާސްކުރުން. އަހަރީ ރިޕޯރޓަށް ބޭނުންވާ މަޢުލޫމާތުތައް ޗާޕުކުރެވޭ ފެންވަރަކަށް ގެނެސް ހުށަހެޅުން.
  13. މަޤާމުގެ ހައިސިއްޔަތުން މަތީގައިވާ ކަންތައްތައް ފިޔަވައި ހަވާލުކުރެވޭ އޮފީހުގެ އެހެން މަސައްކަތްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1.  ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

 

ނޯޓް:

  • މި އިޢުލާނާ ގުޅިގެން، ކުރިން ކުރެވުނު ނަންބަރު MNU-HR/2015/106 (ފުބުރުވަރީ 26، 2015) ގެ އިޢުލާން ވަނީ ބާޠިލުކުރެވިފައެވެ.
  • މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި، ގާތްގަޑަކަށް ކޮންމެ ހޮނިހިރު ދުވަހަކު، މަސައްކަތް ކުރަންޖެހެއެވެ. މީގެ އިތުރަށް، ދަރިވަރުން ވައްދާ ދުވަސްވަރާއި ވަކިވާ ދުވަސްވަރާއި އެހެން ބައެއް ދުވަސްވަރު، އިތުރުގަޑީގައި އާދަކޮށް މަސައްކަތް ކުރަންޖެހެއެވެ. މި ވަޒީފާއަކީ ހަމައެކަނި ހެނދުނު 8 އިން ހަވީރު 3 އަށް ރަސްމީ ގަޑީގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކާ ގުޅޭ ވަޒީފާއެއް ނޫނެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާންގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ، އިންޓަވިޔުކޮށް ނިމުމަށްފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2015 މާރިޗު 16 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345157 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

18 ޖުމާދަލްއޫލާ 1436

09 މާރިޗު 2015