މަސައްކަތް
ނަންބަރު: (IUL)456-ESMSC/456/2023/45
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 13:33
ސުންގަޑި: 02 ނޮވެންބަރު 2023 13:00
ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ގުދަނުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ (ދެވަނަ އިޢުލާން)

              މި ކައުންސިލުންދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކުނިކޮށީގެ ބޭނުންމަށް ހަދާ ގުދަނުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކައުންސިލުގެ ނަންބަރު (IUL)456-ESMSC/456/2023/42 (19 ސެޕްޓެމްބަރ 2023މ.) އިޢުލާނާއި ގުޅިގެން ދެވުނު މުއްދަތުގައި ރެޖިސްޓްރީ ވެފައިވަނީ އެންމެ ފަރާތެއް ކަމަށްވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

              ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 25 އޮކްޓޯބަރ 2023 ވާ ބުދަ ދުވަހުން ފެށިގެން 30 އޮކްޓޯބަރ 2023 ވާ ހޯމަ ދުވަހުގެ 13:00 ދެމެދުގެ ވަގުތެއްގައި، މި އިޢުލާނާއެކު ލިންކުގައިވާ ރެޖިސްޓްރޭޝަން ޝީޓްގެ ގޫގްލް ފޯމް ފުރުއްވުން އެދެމެވެ. މި ބީލަމުގައި ބައިވެރިވުމަށް  -/250 ރުފިޔާ (ދުއިސައްތަ ފަންސާސް ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 31 އޮކްޓޯބަރ 2023 ވާ އަންގާރަ ދުވަހުގެ 13:00 މި އިދާރާގެ މީޓިންގ ރޫމްގައެވެ. މި މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުން ކޮންމެހެން ލާޒިމެއްނޫނެވެ.   އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 02 ނޮވެމްބަރ 2023 ވާ ބްރާސްފަތި ދުވަހު 13:00ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ.

              މި އިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 31 އޮކްޓޯބަރ 2023 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން [email protected]  އަށް މެއިލް ކުރައްވައިގެން ނުވަތަ މިކައުންސިލްގެ ފޯން ނަމްބަރު: 6800730 އަށް ގުޅުއްވުން އެދެމެވެ.

              ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.         

 

 

ރެޖިސްޓްރޭޝަން ފޯމު މި ކިއު.އާރ ކޯޑް ސްކޭން ކޮށްލުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.

ގޫގުލް ފޯމް ލިންކް: https://forms.gle/X7XcpX28KPou4Yzr7

23 އޮކްޓޫބަރު 2023