ދިވެހިރާއްޖެ
މި އިޢުލާންވަނީ 31 އޮކްޓޫބަރު 2023 10:06 ގައި ބާތިލް ކުރެވިފައެވެ.
ނަންބަރު: (IUL)258/258/2023/148
އިޢުލާން
ހަނިމާދޫ މަސްމާރުކޭޓުގައި އުފެދޭކުނި (ކަށި، ކަރުގޮހޮރު، މަހުބޯ) އުކާލަދޭނެ ފަރާތެއް ހޯދުން.
މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ހަނިމާދޫ މަސްމާރުކޭޓުގައި އުފެދޭކުނިވާޒާތުގެ ކުނި (ކަށި، ކަރުގޮހޮރު، މަހުބޯ) ކަނޑަށް ގެންގޮސް އުކާލާނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދެންނެވިފައިވާ ގޮތުގެ މަތިން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު މިކައުންސިލަށް ހުށައެޅުއްވުން އެދެމެވެ.
ތަފްސީލު |
ތާރީޙް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
31 އޮކްޓޯބަރ 2023 |
10:30 |
އަންދާސީ ހިސާބުހުށައެޅުން އަދި ހުޅުވުން |
08 ނޮވެމްބަރ 2023 |
11:00 |
އަންދާސީ ހިސާބު ހުށައެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކުންވެސް ހުށައެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށައެޅުއްވުން އޮންނާނީ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވި ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށައެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
08 ރަބީޢުލްއާޙިރު 1445
23 އޮކްޓޯބަރު 2023