ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)475-HR/475/2023/210
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 14:40
ސުންގަޑި: 29 އޮކްޓޫބަރު 2023 12:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކެމްޕަސް އެސިސްޓެންޓް (ހއ.އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓް / ހއ.ދިއްދޫ)

އިޢުލާން

މިމިނިސްޓްރީގެ ޕީ.އެސް.އައި.ޕީ  ގެ ދަށުން ހއ.ދިއްދޫގައި ޤާއިމް ކުރެވޭ ހއ.އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓް (ދިއްދޫ ޖޫނިއަރ ކޮލެޖް) އަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒިފުން ބޭނުއްވެއްޖެއެވެ.

މަޤާމު:

ކެމްޕަސް އެސިސްޓެންޓް

ބޭނުންވާ އަދަދު:

01

ދާއިރާ:

މަސައްކަތު އަދި ސެކިއުރިޓީ

ވަޒީފާ އަދާކުރާ އޮފީސް:

ހއ.އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓް (ހއ.ދިއްދޫ)

އަސާސީ މުސާރަ:

މަހަކު  3470.00 ރުފިޔާ

ޖޮބް އެލަވަންސް:

މަހަކު  1000.00 ރުފިޔާ

ސަޕޯޓިންގް ކޯ އެލަވަންސް

މަހަކު 1200.00 ރުފިޔާ

މިނިމަމްވޭޖެ އެލަވްންސް

މަހަކު 613.00 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

މަހަކު 1214.50 ރުފިޔާ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް (1 އަހަރު)

އިނާޔަޔްތައް:

- ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

- ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތީން މުސާރައިން ކަނޑާ ވަކި މިންވަރެއް ފެންޝަން ފަންޑަށް ޖަމާކުރެވެމުން ދާނެއެވެ.

- އަހަރެއްގެ މައްޗަށް 30 (ތިރީސް) ދުވަހުގެ ސަލާމުގެ ޗުއްޓީ މުސާރަ ލިބޭގޮތަށް ލިބޭނެއެވެ. (ސަލާމުގެ ޗުއްޓީ ނެގޭނީ ތިމާ ބަލިވެގެންނެވެ. މި ގޮތުން ޗުއްޓީގައި ހުންނަ ކޮންމެ ދުވަހަކު އެކަން ސުޕަރވައިޒަރަށް އަންގަންވާނެއެވެ. ޖެހިޖެހިގެން 2 ދުވަހަށްވުރެން ގިނަ ދުވަހު ސަލާމުގެ ޗުއްޓީގައި ހުރެއްޖެ ނަމަ، ލައިސަންސް ލިބިފައިވާ ސިއްޙީ ޚިދުމަތްތެރިއަކު އެ މުއްދަތަށް ދޫކޮށްފައިވާ ސަލާމުގެ ސެޓްފިކެޓެއް، މުސާރަ ދޭ ދުވަސް އައުމުގެ ކުރިން ހުށަހަޅަން ވާނެއެވެ.)

- އާއިލާއަށް އަދާކޮށްދޭން ޖެހޭ ޒިންމާއެއް އަދާކުރަންޖެހިއްޖެނަމަ އަހަރެއްގެ މައްޗަށް 10 (ދިހައެއް) ދުވަހުގެ އާއިލީ ޒިންމާގެ ޗުއްޓީ މުސާރަ ލިބޭގޮތަށް ލިބޭނެއެވެ.

މަގާމުގެ ޝަރުތުތައް:

  1. ލިޔަން ކިޔަން އެގުން.

ނޯޓް:

- ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

- ސްކްރީނިންގ މަރުހަލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ،

- ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

 

ނުވަތަ

 2. ގްރޭޑު 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނިމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ

 3. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލް ކޮށްފައިވުން

 

މަޤާމުގެ މަސައްކަތުގެ ދާއިރާ: ސެކިއުރިޓީ/ވޮޗަރު/މަސައްކަތު

މަޤާމުގެ މަސްއޫލިއްޔަތު:

މަސައްކަތުމީހެއްގެ ހައިޞިއްޔަތުން:

1- އިންސްޓިޓިއުޓްގެ ޢިމާރާތްތަކާއި، ކްލާސްރޫމްތައް، ގޯތިތެރެ އަދި މަގުތައް ކުނިކަހާ ފޮޅާ ސަފުކުރުން

2- ބަހަންޖެހޭ ސިޓީ ނޯޓް، ކާޑްފަދަ ތަކެތި ބެހުމާއި / އޯޑަރ ފޯމް ތަކަށް މުދާ ނެގުމަށް އިންސްޓިޓިއުޓުން އަންގާ ގޮތެއްގެ މަތިން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ކުރުން.

3- އިންސްޓިޓިއުޓުން އަންގާ ގޮތެއްގެ މަތިން، މުވައްޒަފުން ތިބޭބައިތައް ކުނިކަހާ ފޮޅާ ސާފުކުރުމާއި ފާޚާނާތަކާއި، ސައިކޮޓަރި ސާފުކުރުން.

4- އިންސްޓިޓިއުޓްގެ އެކިއެކި ބައްދަލުވުން ތަކަށް ހޯލްގައާއި ކްލާސްރުމްތަކުގައި ގޮނޑިޖެހުމާއި ތައްޔާރުކުރުން.

5- ކަނޑައެޅިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން ހުޅުވަންޖެހޭ ކްލާސްރޫމްތަކާއި ލެބް ފަދަ ތަންތަން ހުޅުވާ ލެއްޕުމާއި ފޮޅާ ސާފުކުރުން.

6- އިމާރާތުގެ ތެރޭގައި އެއްތަނުން އަނެއްތަނަށް ގެންދަންޖެހޭ ފަރުނީޗަރާއި، ކޮމްޕިއުޓަރާއި އެހެނިހެން އިކްވިޕްމެންޓްތައް ގެންދިއުން.

7- ކްލާސްރޫމްތަކާއި، އިމްތިޙާނުތަކާއި އަދި ސެމިނާރ ފަދަކަންކަން ހިންގުމަށް ބޭނުންވާ ތަންތަން އެކަމަކާ ހަވާލުވެހުންނެވި މުވައްޒަފެއްގެ އިރުޝާދުގެ ދަށުން ތައްޔާރުކުރުން.

8- އެކިއެކި ބައްދަލު ވުންތަކަށް ބޭނުންވާތަކެތި ގަންނަން ދިއުމާއި ސައި ތައްޔާރު ކުރުން.

9- ދެވޭ އިރުޝާދުތަކާ އެއްގޮތަށް ބަރާބަރަށް ކަންކަން ކުރަން އެނގުން.

ސެކިއުރިޓީ ބެލެހެއްޓުން:

1- ކަނޑައެޅިފައިވާ ޑިއުޓީ ޝެޑިއުލާއި އެއްގޮތަށް ޑިއުޓީ ބެލެހެއްޓުން

2- އިންސްޓިޓިއުޓް ތަޅުލެވިފައި ހުންނަ ތަންތަނުގެ ތަޅުދަނޑިތައް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން

3- އިންސްޓިޓިއުޓުން އަންގާ އުސޫލަކުން ތަންތަން ހުޅުވާ ތަޅުލުމަކީ ސެކިއުރިޓީ އޮފިސަރުގެ ޒިންމާއެކެވެ.

4- އިންސްޓިޓިއުޓް ސަރަހައްދަށް ވަންނަނީ އިންސްޓިޓިއުޓުން ހުއްދަދީފައިވާ މުވައްޒަފުންނާއި ދަރިވަރުންކަން ކަށަވަރުކުރުން. މީގެ ތެރޭގައި އެކިއެކި ކަންކަމުގައި އިންސްޓިޓިއުޓް އޮފީހަށް އަންނަ މީހުން އިސްތިސްނާކުރެވޭނެއެވެ.

5- އެދުވަހެއްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ދަންފަޅީގެ ޑިއުޓީގައި މަދުވެގެން ކޮންމެ ގަޑިއަކު އެއްފަހަރު އިންސްޓިޓިއުޓް ގޯތިތެރެއާއި ޢިމާރާތްތަކާއި ވަށައިގެންވާ މަގުފާރު ޗެކްކޮށް އާދަޔާއި ޚިލާފުކަމެއް ފާހަގަކުރެވޭނަމަ އެކަންރެކޯޑްފޮތުގައި ލޮގްކޮށް، ވަގުތުން ފިޔަވަޅުއަޅަންޖެހޭ ކަމެއްނަމަ ކަމާބެހޭ ފަރާތްތަކަށް ވަގުތުން އަންގައިގެން މައްސަލަ ޙައްލުކޮށް އެކަންވެސް ރެކޯޑްފޮތުގައި ލޮގްކުރުން.

6- ޑިއުޓީ ގަޑީގައި ޢިމާރާތް ދޫކޮށް ނުދިޔުން.

7- ހެނދުނު 06:00ގައި ދިދަނަގާ އަދި ހަވީރު 06:00 ގައި ދިދަ ތިރިކުރަންވާނެއެވެ.

8- ޑިއުޓީގައި ހުންނަ ވޮޗަރަކު ގޯތިތެރޭގެ ބަގީޗާތަކަށް ހެނދުނާއި ހަވީރު ފެންދީ، ބަގީޗާގެ ކަންތައްތައް ބެލެހެއްޓުން

9- ޑިއުޓީއަށް ނުކުމެ ބަންދު ކުރަންޖެހޭ ތަންތަންހުރީ ބަންދުކޮށްފައިތޯ ޑިއުޓީ އޮފިސަރު ޗެކްކުރަންވާނެއެވެ. އަދި ރޭގަނޑު 10ގެ ފަހުން ކުލާސްތައް ތަޅުލައި ބެހެއްޓުމަކީ ސެކިއުރިޓީ އޮފިސަރުގެ ޒިންމާއެކެވެ.

10- އިންސްޓިޓިއުޓުގެ އެއްވެސް މުދަލަކަށް މުވައްޒަފުގެ އިހުމާލުން ގެއްލުމެއް ލިބިއްޖެނަމަ ނުވަތަ ގެއްލިއްޖެނަމަ އެޒިންމާ ސެކިއުރިޓީ ބަލަހައްޓަން ހަވާލުވި ފަރާތުން ނަގަންވާނެއެވެ.

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދިހުށަހަޅާ ސިޓީ
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އެސަސްމަންޓް ހަދައިގެން.
  • ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

އަސާސީ ޝަރުޠު ހަމަވުމުން

50

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ/ ތަމްރީން/ ސެޓްފިކެޓް

10

އިންޓަރވިއު

40

 

 

 

 

ޝޯޓްލިސްޓުކުރުން:

މި ވަޒީފާއަށް އެދި 10 ފަރާތަށްވުރެ ގިނަ ފަރާތުން ކުރިމަތިލާފައިވާނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ، މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތް ޝޯޓްލިސްޓުކުރެވޭނެއެވެ.

ޝޯޓްލިސްޓުކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 5 ފަރާތް އިންޓަވިއުއަށް ޝޯޓްލިސްޓުކުރެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް ޝައުޤުވެރިވާ ފަރާތް ތަކުން މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި 29 އޮކްޓޯބަރ 2023 ވާ އާދިއްތަ  ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި މި ސުންގަޑި ހަމަވުމުގެ ކުރިން މި މުއްދަތުގެ ތެރޭގައި ހިމެނޭ ދުވަހެއް ސަރުކާރުން ބަންދު ދުވަހެއް ކަމުގައި ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުވާނެއެވެ. ސުންގަޑީގެ ފަހުން ހުށަހަޅާ ހުށަހެޅުންތަކަށް ޢަމަލެއް ނުކުރެވޭނެއެވެ.

އިންޓަވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އޮންނާނީ 30 އޮކްޓޯބަރ 2023 އާ 23 ނޮވެމްބަރ 2023 އާ ދެމެދުއެވެ. އިންޓަވިއު އޮންނަތަން މިމިނިސްޓްރީން އަންގާނެއެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއު އަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

ސަމާލުކަމަށް:

 

  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް މިނިސްޓްރީން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަނަވަރުގައި ބަޔާންކޮށްފައިވާ ތަޖުރިބާގެ މުއްދަތު ކަށަވަރުކޮށް ގުނައިދެވޭނީ ހުށަހަޅާފައިވާ ވަޒީފާއަދާކުރާ ކަމުގެ ނުވަތަ ކުރިކަމުގެ ލިޔުމުގައިވާ މުއްދަތުތަކަށް ބިނާކޮށްކަމުން، ހުށަހަޅާ ވަޒީފާއަދާކުރާކަމުގެ ނުވަތަ ކުރިކަމުގެ ލިޔުންތަކުގައި މި މަޢުލޫމާތު ފުރިހަމަ ނުވާނަމަ މުއްދަތު ކަށަވަރު ނުކުރެވޭނެއެވެ.
  • އިޢުލާނުގައި ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮއްފައިވާ ލިޔެކިއުންތައް ފޮނުވަންވާނީ އެޕްލިކޭޝަނާއިއެކު އެކީ އެއްފަހަރާއެވެ. 
  • ހުށަހަޅަންޖެހޭ މަޢުލޫމާތުތަކާއި ލިޔެކިއުންތައް ފުރިހަމަ ނޫން އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިންޓަވިއުއަށް ހާޒިރު ވުމަށް ޝޯޓްލިސްޓް ކުރެވޭނީ މަގާމަށް ކެންޑިޑޭޓަކު ހޮވުމަށް ބޭއްވޭ އިމްތިޙާނާއި ޕްރެޒެންޓޭޝަން މަރުޙަލާ ފުރިހަމަކުރާ ފަރާތްތަކަށެވެ. 
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
22 އޮކްޓޫބަރު 2023