ދިވެހިރާއްޖެ
އިޢުލާން
ފ.މަގޫދޫ ކުނިމެނޭޖްކުރާ މަރުކަޒު އަޕްގްރޭޑުކުރުމާގުޅޭ:
- ފ. މަގޫދޫ ކުނިމެނޭޖްކުރާ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަތަކެތީގައި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަން ހުށައެޅުމަށް ރަޖިސްޓްރީވުން: |
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2023 އޮކްޓޫބަރު 29 ވަނަ ދުވަހުގެ 12:00 ގެ ކުރިން ބިޑް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ މި އިދާރާގެ ކައުންޓަރަށް ހުށައެޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީ ވާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓް މެއިލް ކުރެވޭނެއެވެ. ބީލަން ހުށައެޅުއްވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. |
ބިޑް ރަޖިސްޓްރީ ފީ |
ބީލަމުގައި ރަޖިސްޓްރީވުމަށް 500.00ރ (ފަސްސަތޭކަރުފިޔާގެ) ގެ ނަން- ރީފަންޑަބަލް ފީއެއް ނެގޭނެއެވެ. ފައިސާ ބަލައިގަތުން ކުރިއަށް ދާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 އަށެވެ. އޮންލައިންކޮށް ރަޖިސްޓްރޭޝަން ފީ ދައްކަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އިދާރާގެ އެކައުންޓަށް ފައިސާ ޖަމާކޮށް، ފައިސާ ޖަމާކުރިކަމުގެ ސްލިޕް މެއިލް ކުރެއްވުން އެދެމެވެ. |
ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން: |
2023 ނޮވެންބަރު 09 ވަނަ ދުވަހުގެ 13:00 ށް މި އިދާރާއަށް ދުރުވެ ބީލަން ހުށައަޅަންވާނެއެވެ. ބީލަން ހުޅުވާނީ 2023 ނޮވެންބަރު 09 ވަނަ ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ. |
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚްގައި މި އިދާރާއަށް ދުރުވެ ބީލަން ހުށައެޅުއްވުން އެދެމެވެ. ބީލަން ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ވިޔަފާރީގެ ނަމާއި އެޑްރެސް އަދި " ފ.މަގޫދޫ ކުނިމެނޭޖްކުރާ މަރުކަޒު އަޕްގްރޭޑްކުރުމާއިގުޅޭ / (އިޢުލާން ނަންބަރު)" މިހެން ލިޔެފައި އޮންނަންވާނެއެވެ.
މިބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީގެ ޤާނޫނުގެ(ޤާނޫނު ނަންބަރ: 18/2014) ދަށުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށެވެ.
ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށައަޅާ ބީލަންތަކާއި ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 6740014 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] އަށެވެ.
7 ރަބީޢުލްއާޚިރު 1445
22 އޮކްޓޯބަރ 2023