ބީލަން
ނަންބަރު: (IUL)386/386/2023/62
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 22 ނޮވެންބަރު 2023 11:30
ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ގުރައިދޫ ރަށޮފަންނު މަރާމާތުކުރުން

އިޢުލާން ނަންބަރު:  (IUL)386/386/2023/62   

ޕްރޮޖެކްޓް ނަންބަރު: 08/2023   

އިޢުލާން

 

ކޮޅުމަޑުލު ގުރައިދޫ ރަށޮފަންނު މަރާމާތުކުރުން

 

ކޮޅުމަޑުލު ގުރައިދޫ ރަށޮފަންނު، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ކައުންސިލުން ބައެއް ތަކެތި ދިނުމުން އަމިއްލަތަކެތީގައި މަރާމާތު ކޮށްދިނުމަށް ޝަޢުޤްވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

            ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

            މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 31 އޮކްޓޫބަރު 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލްގައި ރަޖިސްޓްރީ ކުރައްވަން ވާނެއެވެ.

            ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ 12 ނޮވެންބަރު 2023 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަންގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.

ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 12 ނޮވެންބަރު 2023 ވަނަދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

އެޑްރެސް : ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ

ފޯން : 6780715

އީމެއިލް އައިޑީ:   [email protected]

ބީލަން ހުޅުވުން އޮންނާނީ  22 ނޮވެންބަރު 2023 ވަނަ ދުވަހުގެ 11:30 ގައި މި އިދާރާގެ ޖަލްސާކުރާ މާލަންގައެވެ. ބީލަން ހުށަހެޅުމަށް ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

            07 ރަބީޢުލްއާޚިރް 1445

            22 އޮކްޓޫބަރު 2023

22 އޮކްޓޫބަރު 2023