ދިވެހިރާއްޖެ
މި އެކެޑަމީގެ (IUL)430-DBA-I/430/2023/25 ނަންބަރު އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.
މި އެކެޑަމީން 2023ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 38ވަނަ ޤައުމީ މުބާރާތާއި، އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 35ވަނަ ޤައުމީ މުބާރާތާއި، ހުތްޢަލިދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 26ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި އިތުރުކޮށްދިނުމަށް ގިނަ އިސްކޫލުތަކަކުންނާއި އާންމުން އެދެމުންދާތީ، މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި އިތުރުކޮށްފީމެވެ.
މުބާރާތްތަކުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަކުރެއްވުމަށް ފަހު، ފޯމުގެ ސޮފްޓު ކޮޕީއާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ބައިވެރިންގެ ޕާސްޕޯޓު ސައިޒުގެ ފޮޓޯ، 2023 އޮކްޓޫބަރު 29 ވާ އާދީއްތަ ދުވަހުގެ 13.00ގެ ކުރިން މި އެކެޑަމީގެ އީ.މެއިލް [email protected] އަށް ހުށަހަޅަންވާނެއެވެ.
މި މުބާރާތްތައް އޮންނާނީ، ކުރިން ވެސް މި މުބާރާތްތައް ބޭއްވުމަށް ކަނޑައެޅިފައިވާ ތާރީޚުތައް ކަމުގައިވާ، ނޮވެންބަރު މަހުގެ 24ވަނަ ދުވަހާއި 25ވަނަ ދުވަހުއެވެ. މުބާރާތްތައް އޮންނާނެ ތަނާއި ވަގުތެއް މުބާރާތް ބޭއްވުމުގެ 5 ދުވަސް ކުރިން ބައިވެރިންނަށް އަންގާނެއެވެ.
މި މުބާރާތްތަކުގައި ބައިވެރިވާން އެދޭ ފޯމާއި މުބާރާތްތަކާ ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް މި އެކެޑަމީންނާއި، މި އެކެޑަމީގެ ވެބްސައިޓުގެ ތިރީގައި މި ވާ ލިންކުތަކުން ލިބެން ހުންނާނެއެވެ.
https://dhivehiacademy.edu.mv/20195، https://dhivehiacademy.edu.mv/20202، https://dhivehiacademy.edu.mv/20187
އަދި އިތުރު މައުލޫމާތު މި އެކެޑަމީގެ ނަންބަރު 7986230ން ލިބޭނެއެވެ.
_________________________
07 ރަބީޢުލްއާޚިރު 1445
22 އޮކްޓޫބަރު 2023