ދިވެހިރާއްޖެ
އިޢުލާން
"ތިނަދޫ ސިޓީ ކައުންސިލް ފުޓްސަލް ފިއެސްޓާ 2023" ގެ ނަމުގައި އަންހެން އަދި ފިރިހެން ފުޓްސަލް މުބާރާތެއް ކުރިޔަށް ގެންދާނެ ޖަމިއްޔާއެއް ހޯދުމަށް އިޢުލާން ކުރުން
"ތިނަދޫ ސިޓީ ކައުންސިލް ފުޓްސަލް ފިއެސްޓާ 2023" ގެ ނަމުގައި އަންހެން އަދި ފިރިހެން ފުޓްސަލް މުބާރާތެއް އިންތިޒާމްކޮށް ކުރިޔަށް ގެންދާނެ ޖަމިއްޔާއެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 30 އޮކްޓޯބަރ 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ މެއިލް projects@thinadhoo.gov.mvމެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިޢުލާނާއި އެކު ރެޖިސްޓްރޭޝަން ފޯރމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 09 ނޮވެމްބަރ 2023 ވާ ބްރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
|
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
ރެޖިސްޓްރޭޝަން މުއްދަތު |
22 އޮކްޓޯބަރ – 30 އޮކްޓޯބަރ 2023 |
|
|
ގދ.ތިނަދޫ ސިޓީ ކައުންސިލް އިދާރާ / މެއިލް |
ބީލަން ހުށަހެޅުން |
09 ނޮވެމްބަރ 2023 |
ބުރާސްފަތި |
13:00 |
ގދ.ތިނަދޫ ސީޓީ ކައުންސިލް އިދާރާ ޖަލްސާ ކުރާ މާލަމުގައި |