މުބާރާތް
ނަންބަރު: BAM/IUL/2023/053
ޕަބްލިޝްކުރި ތާރީޚް: 21 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 19:11
ސުންގަޑި: 05 ނޮވެންބަރު 2023 14:00
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
14 ވަނަ އަތޮޅު ލީގް ބެޑްމިންޓަން މުބާރާތް

އިޢުލާން

 

14 ވަނަ އަތޮޅު ލީގް ބެޑްމިންޓަން މުބާރާތް

 

14 ވަނަ އަތޮޅު ލީގް ބެޑްމިންޓަން މުބާރާތް 20 ނޮވެންބަރ 2023 އިން 27 ނޮވެންބަރ 2023 އަށް ނ. އަތޮޅު ހޮޅުދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ޤަވާޢިދު މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން މި މުބާރާތާ ގުޅިގެން މުޢާމަލާތު ކުރާނެ ފޯކަލް ޕޮއިންޓެއް ކަނޑައަޅުއްވާ އެފަރާތެއްގެ ނަމާއި ގުޅޭނެ ނަމްބަރު އެނގޭނެގޮތަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ޓޯނަމެންޓް އީމެއިލް [email protected] އަށް ފޮނުވައިދެއްވުން އެދެމެވެ. ފޯކަލް ޕޮއިންޓުތައް ހިމަނައިގެން މުބާރާތުގެ މަޢުލޫމާތު ޙިއްޞާކުރުމަށް ވަޓްސްއެޕް ގްރޫޕެއް އެކުލަވާލެވޭނެއެވެ.

ވީމާ، މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށް ފަހު 05 ނޮވެންބަރ 2023 ވާ އާދީއްތަ ދުވަހުގެެ 14:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޓޯނަމަންޓް އީމެއިލްއަށް [email protected]  ފޮނުވުމަށް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރަންލިޔުމުން ބޭނުންފުޅުވާނަމަ، މުބާރާތަަށް ޚާއްޞަކުރެވިފައިވާ އީމެއިލް [email protected] އަށް ފޮނުވުމަށް ދެންނެވީމެވެ.

21 އޮކްޓޫބަރު 2023