ބީލަން
ނަންބަރު: (IUL)310-CA/310/2023/50
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 20:15
ސުންގަޑި:
01 ނޮވެންބަރު 2023 11:00
މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަގުބައްތި ހަދައިދޭނެ ފަރާތެއް ހޯދުމަށް (ދެވަނަ އިއުލާން)
- ރ. މީދޫގެ ބައެއް ސަރަޙައްދުތަކުގައި ޖެހުމަށް 20 މަގު ބައްތި މި އިދާރާއިން ދައްކާ ނަމޫނާއާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރި އިޢުލާނު ނަންބަރު (IUL)310-CA/310/2023/36 (24 ޖުލައި 2023 ) އާއި ގުޅިގެން ކުރިމަތި ލީ ފަރާތްތަކުން ހުށަހަޅާފައިވާ އަގު ބޮޑު ކަމަށް ފެންނާތީ އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާނު ކުރަމެވެ. މި މަސައްކަތަށް ދައުވަތު ހުޅުވާލެވެނީ ދިވެހި ރާއްޖޭގައި މި ބާވަތުގެ ވިޔަފާރިކުރުމަށް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- ބީލަމާއިގުޅިގެން މައުލޫމާތެއް ސާފުކުރެއްވުން އޮންނާނީ 2023 އޮކްޓޯބަރު 25 ވާ ބުދަ ދުވަހުގެ 11:00 ގައި މިއިދާރާގައެވެ.
- މި މަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2023 އޮކްޓޯބަރު 25 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ގެ ކުރިން މި އިދާރާއަށް ނުވަތަ މިއިދާރާގެ އީމެއިލް މެދުވެރިކޮށް ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި މުއްދަތުގައި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް އަދި ބިޑް ފޯރމް ސޮފްޓް ކޮޕީ މެއިލް ކުރެވޭނެއެވެ.
- ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 2023 ނޮވެމްބަރު 1 ވާ ބުދަ ދުވަހުގެ 11:00 ގައި މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހެޅޭ ބިޑްތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ލިޔެވިފައި އޮންނަންވާނެއެވެ.
މަސައްކަތް ހަވާކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓްގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު [email protected] އިން ނުވަތަ ރަސްމީ ގަޑީގައި 6580020 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.
4 ރަބީޢުލް އާޚިރު 1445
19 އޮކްޓޯބަރު
19 އޮކްޓޫބަރު 2023