މަސައްކަތް
ނަންބަރު: B407/2015/18
ޕަބްލިޝްކުރި ތާރީޚް: 25 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 16:06
ސުންގަޑި: 15 މާރިޗު 2015 14:00
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ސިސްޓަމެއް ޤާއިމު ކުރުމަށް

ސެކިއުރިޓީ ސިސްޓަމެއް ޤާއިމުކުރުމާ ބެހޭ

މިއިދާރާގައި ސެކިއުރިޓީ ސިސްޓަމެއް ޤާއިމު ކުރުމަށްޓަކައި ކެމެރާ ސިސްޓަމެއް ގަނެ އެސިސްޓަމް ޤާއިމުކުރާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މިއިދާރާގެ ނަންބަރު: B-407/2015/10ފ(04 ފެބުރުވަރީ 2015) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ މިއިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިއިދާރާއިން ދެވޭ މަޢުލޫމާތާ އެއްގޮތްވާގޮތުގެ މަތިން ސެކިއުރިޓީ ކެމެރާ ސިސްޓަމް ގަނެ ސިސްޓަމް މިއިދާރާގައި ޤާއިމު ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 14.00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި އަދި ގަޑިޖެހިގެން އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިނުވާ ވާހަކަ ދަންނަވަމެވެ. ހުށަހެޅޭ އަންދާސީހިސާބުތަކަށް މާކްސް ދެވޭނީ ތިރީގައި މިދަންނަވާ ގޮތުގެ މަތިންނެވެ.

  • ތަކެތި އަދި ޚިދުމަތުގެ އަގަށް ދެވޭ މާކްސް: %75
  • ހަވާލުކުރެވޭ މަސައްކަތް ނިންމާ މުއްދަތަށް ދެވޭ މާކްސް: % 10
  • މަސައްކަތް ނިންމުމަށްފަހު މެއިންޓެނަންސްކޮށް ނުވަތަ ސާރވިސްކޮށްދޭ މުއްދަތަށް ދެވޭ މާކްސް: % 15

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

06 ޖުމާދަލްއޫލާ 1436

25 ފެބުރުވަރީ 2015