ދިވެހިރާއްޖެ
ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގައި ބޭނުންކުރަމުން ގެންދިޔަ ހެޗް ބާރޖް ނީލަމުގައި ވިއްކާލުމަށްޓަކައި ކުރެވުނު ދެވަނަ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝަޢުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އަލުން މި ފުރުޞަތު ހުޅުވާލަމެވެ.
އެހެންކަމުން ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގައި ބޭނުންކުރަމުން ގެންދިޔަ ހެޗް ބާރޖް ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ނީލަން ފެށޭ އަގަކީ ޓަނެއް -/750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއެވެ. އަދި ހުށަހަޅާއަގަށް ފަހަރަކު އިތުރު ކުރެވޭނެ އެންމެ ކުޑަ އަގަކީ ޓަނަކަށް -/50 (ފަންސާސް) ރުފިޔާއެވެ. ވީމާ މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާގޮތުގެ މަތީން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚުން ފެށިގެން ސިޓީލައި ނީލަމުގައި އަގު ހުށަހެޅުން އެދެމެވެ.
ބިޑްގައި ރަޖިސްޓަރ ވުމަށް:
ލިންކް: https://shorturl.at/gjAHT
މައުލޫމާތު ކަރުދާސް:
ލިންކް: https://shorturl.at/kRY04
ތަފްޞީލް |
ތާރީޚް |
ގަޑި |
ރަޖިސްޓަރ ވުމުގެ ސުންގަޑި |
25 އޮކްޓޯބަރ 2023 (ބުދަ) |
13:00 |
ޕްރީ ބިޑް ބައްދަލުވުން (މަޢުލޫމާތު ސެޝަން) |
26 އޮކްޓޯބަރ 2023 (ބުރާސްފަތި) |
13:30 |
ސިޓީލައި ނީލަން ފެށުމަށް ހަމަޖެހިފައިވާ ތާރީޚް |
29 އޮކްޓޯބަރ 2023 (އާދީއްތަ) |
08:00 |
ތަން : ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރު |
||
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 13:00 އާއި 6528558 އަށް، އީމެއިލް ކުރައްވާނަމަ : [email protected] އަށް މެއިލް ކުރައްވައިގެންނެވެ. |
ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 29 އޮކްޓޯބަރ 2023 ވަނަ ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން، އޮފީސް ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރު 12:00 ގެ ކުރިން ބާރޖް ގަތުމަށް ބޭނުންވާ އަގު ސިޓީއަކުން މި ކުންފުންޏަށް ހުށަހަޅަންވާނެއެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅުއްވާނަމަ [email protected] އަށް ސިޓީ މެއިލް ކުރެއްވުން އެދެމެވެ.
ނީލަމުގައި ކޮންމެ ދުވަހެއްގެ މެންދުރު 12:00 އާއި ހަމައަށް ހުށަހަޅާ އެންމެ މަތީ އަގު، އެ ދުވަހެއްގެ 14:00 ގެ ކުރިން މި އޮފީހުގެ ނޯޓިސް ބޯޑު އަދި ފޭސްބުކް ޕޭޖު (https://www.facebook.com/kpl.com.mv) ގައި ޢާންމު ކުރެވޭނެއެވެ. ހުށަހަޅާ އެންމެ މަތީ އަގަށް ބަދަލުނައިސް ވިދިވިދިގެން ރަސްމީ ބަންދުނޫން 3 ދުވަސް އޮވެއްޖެނަމަ، އެހާތަނަށް ހުށަހެޅިފައިވާ އަގަކީ އެ މުދަލަށް ހުށަހެޅުނު އެންމެ މަތީ އަގު ކަމުގައި ކަނޑައަޅައި، އެ އަގު ހުށަހަޅާފައިވާ ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.
ނީލަން ނިމުމުން ނީލަން ކާމިޔާބު ކުރާ ފަރާތާއި މިކުންފުންޏާއި ދެމެދު އެއްބަސްވުމެއް ތައްޔާރުކުރެވި، މި އެއްބަސްވުމުގެ ދަށުން ނީލަން ފައިސާ ބަލައިގަތުމާއި، ބާރޖު ޕޯޓް ސަރަޙައްދުން ނެގުމުގެ މަސައްކަތް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބާރޖް ބައްލަވާލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 22 އޮކްޓޯބަރ 2023 ވަނަ ދުވަހުން ފެށިގެން 26 އޮކްޓޯބަރ 2023 ވަނަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރު 13:00 އާއި ދެމެދު ކުޅުދުއްފުށީ ޕޯޓަށް ވަޑައިގަތުމުން މި އިންތިޒާމު ހަމަޖެހިގެން ދާނެ ކަމުގައި ދެންނެވީމެވެ.
ސިޓީލާ ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވާ އުޅަނދު (ބާޖު) އާއި ބެހޭ މަޢުލޫމާތު:
އުޅަނދުގެ ރަޖިސްޓްރީ ނަންބަރ : C3148A-03 12-B
އުޅަނދުގެ ބާވަތް : ދަގަނޑު
ދިގުމިން : 21.660 މީޓަރު
ފުޅާމިން : 6.700 މީޓަރު