ވަޒީފާގެ ފުރުޞަތު
ނަންބަރު: HMH | IUL | 2023 | 196
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 13:22
ސުންގަޑި: 30 އޮކްޓޫބަރު 2023 14:00
ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ރެޖިސްޓަރޑް ނަރސް

މަޤާމު

ރެޖިސްޓަރޑް ނަރސް (ދިވެހިން)

މަޤާމްގެ ގިންތި

ވަޤުތީ ( 6 މަސް)

މަޤާމުގެ ރޭންކް

ޕީ.އެސް 5

މަސައްކަތް ކުރަންޖެހޭ ތަން:

ހުޅުމާލެ ހޮސްޕިޓަލް/ އިންފެކްޝަސް ޑިޒީޒް މެނޭޖްމެންޓް ސެންޓަރ/ ޖީ.ޕީ ކްލިނިކް

މަގާމަށް އައްޔަށްންކުރާއިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމް ތަމްރީނުތައް:

މޯލްޑިވްސް  ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލްގައި ރަޖިސްޓްރީކޮށް، އަދާހަމަ ޕްރެކްޓިސިންގ ލައިސަންސް ލިބިފައިވުން

މުސާރަ:

މަހަކު -/11428 ރުފިޔާ

މަޤާމުގެ އެލެވަންސް:

މަހަކު -/5333 ރުފިޔާ

ޙާޟިރީ އިނާޔަތް:

ދުވާލަކު -/144 ރުފިޔާ (ރަސްމީ ދުވަސްތަކުގައި ޑިއުޓީ ކުރުމުން)

އިތުރު އިނާޔަތްތައް

1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2. ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1- ބަލިމީހުންނަށް ނާރސިންގ ކެއަރ ދިނުމާއި އަދި ބަލިމީހުންނަށް ކެއަރ ދެވޭނޭގޮތް އަދި މިކަމުގައި އިޚްލާޞްތެރިކަމާއިއެކު އެމީހުންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާއީ ބޭނުންތަކަށް ރައްކާތެރިވުން.

2- ބަލިމީހުންނަށް ދިމާވާ އާދަޔާ ޚިލާފް ކަންތައްތައް ޑޮކްޓަރުންނަށް ރިޕޯރޓްކުރުމާއި އަދި ރިފަރކޮށްފައި ތިބޭމީހުން އެޑޮކްޓަރަކަށް އެންގުން.

3- ޑޮކްޓަރުގެ ލަފާގެމަތިން ބަލިމީހުންނަށް ދެވޭފަރުވާ ރީހެބިލިޓޭޝަންއާއި ބެހޭގޮތުން އެމީހުންނަށް މަޢުލޫމާތު ދިނުން.

4- ދިމާވާ އިމަރޖެންސީތައް ވަގުތުން ކަމާބެހޭ ޑޮކްޓަރުންނަށް އެންގުމާއި، ޑޮކްޓަރ އަންނަންދެން އެފަދަ އިމަޖެންސީތައް މެނޭޖްކުރުން. 

5- ބަލިމީހުންނާއިބެހޭ ކަންތައްތަކުގައި ޑޮކްޓަރުންނާއި އަދި ހޮސްޕިޓަލުގެ ލެބޯޓްރީ، އެކްސްރޭ ފަދަ އެހެނިހެން ޑިޕާރޓްމަންޓްތަކާއި ދެމެދު މުވާސަލާތު ހިންގުން

މަޤާމުގެ ޝަރުތު

1. މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ގަބޫލްކުރާ، ނަރސިންގ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން

ތަޢުލީމީ ރޮނގުތައް

ނަރސިންގ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު އިއުލާނުގެ އެޓޭޗްމެންޓްބައިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހުން ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  3. ޕޮލިސް ރިޕޯޓް
  4. އެޓެސްޓް ކޮށްފައިވާ މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފްރީ ކައުންސިލްގެ އަދާހަމަ ރެޖިސްޓްރޭޝަން އަދި ލައިސެންސް
  5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
  6. ވަޒީފާ އަދާކުރަމުންދާނަމަ،އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއިން ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  2. މަސައްކަތުގެ ތަޖުރިބާ
  3. މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 އޮކްޓޯބަރ 30 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާ އަށެވެ. މެއިލްކުރައްވާނީ  [email protected]  އަށެވެ

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350134 ނުވަތަ 3350118 ނަންބަރު ފޯނަށް    ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ.    

19 އޮކްޓޫބަރު 2023