ބީލަން
ނަންބަރު: (IUL)305-ME305/305/2023/86
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 13:20
ސުންގަޑި: 29 އޮކްޓޫބަރު 2023 11:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭަސީ މަސައްކަތު މީހުން ހޯދުމާއި ގުޅޭ

އިޢުލާން

ބިދޭސީ މަސައްކަތު މީހުން ހޯދުމާއި ގުޅޭ

މިއިދާރާއަށް ބިދޭސީ މަސައްކަތު މީހުން ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތަށް ބިޑް ރަޖިސްޓްރީކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

¬    ބިޑް ރަޖިސްޓްރީކުރުން: 19 އޮކްޓޯބަރ 2023 ން ފެށިގެން 29 އޮކްޓޯބަރ 2023 ވާ އާދިއްތަ ދުވަހުގެ މެންދުރުކުރި 11:00 ގެ ކުރިން ބިޑް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކޮށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގައި ބިޑް ރަޖިސްޓްރީ ފޯމް ފުރިހަމަކޮށް މިކައުންސިލްގެ މެއިލް [email protected] އަށް މެއިލްކުރުމުން ބިޑް ރަޖިސްޓްރީ ކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބިޑް ރަޖިސްޓްރޭޝަން ފޯމް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

¬    އަންދާސީ ހިސާބު ހުށަހެޅުން: 07 ނޮވެމްބަރ 2023 ވާ އަންގާރާ ދުވަހުގެ މެންދުރުކުރި 11:00 ގައި ރ.މާކުރަތު ކައުންސިލް އިދާރާގެ މީޓިން ރޫމްގައި އޮންނާނެ ވާހަކަ ދެންނެވީމެވެ. މި މަސައްކަތަށް އެދި ހުށަހަޅާ އަންދާސީ ހިސާބު އޮންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވި، ސިޓީއުރައިގެ ބޭރުގައި "ރ.މާކުރަތު ކައުންސިލަށް ބިދޭސީ މަސައްކަތު މީހުން ގެނައުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. މީގެ އިތުރުން ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް، ފޯން ނަންބަރު ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުން އައިޑީކާޑް ގެންނަންޖެހޭނެއެވެ. އަދި ބަދަލުގައި އެހން ފަރާތެއް ފޮނުވާނަމަ، އެކަން އެނގޭނެ ސިޓީއެއް، ކުންފުންޏަކުން ފޮނުވާނަމަ، ތަމްސީލުކުރަނީކޮން ކުންފުންޏެއްކަން އެނގޭނެ ކުންފުނީގެ ސިޓީއަކާއިއެކު، ބަދަލުގައި ފޮނުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ސިޓީއާއެކު ހުށަހަޅަންވާނެއެވެ. ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ.

މިކަމަށް އެދި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ވިޔަފާރީ ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު 2014/19) ގެދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ނޯޓް: އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ، އަންދާސީ ހިސާބު ބާޠިލް ކުރެވޭނެއެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

       04 ރަބީޢުލްއާޙިރު 1445                          

       19 އޮކްޓޯބަރ 2023  

19 އޮކްޓޫބަރު 2023