ދިވެހިރާއްޖެ
އިޢުލާން
ކައްކާ ކާންދޭނެ ފަރާތެއް ހޯދުން:
"މ.އަތޮޅު ޤުރުއާން މުބާރާތް 2023" ނޮވެމްބަރ 02 އިން 04 އަށް މުލީގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. ވީމާ މިމުބާރާތުގެ އޮފިޝަލުންނާއި ބައިވެރިންނަށާއި، ސައިފޮދާއި ފަރިއްކޮޅު ތައްޔާރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚް ތަކާއި، ގަޑިތަކުގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރަށްވާ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މަޢުލޫމާތު ސާފުކުރުން |
22 އޮކްޓޯބަރ 2023 ( އާދިއްތަ ) 10:00 |
މި އިދާރާ (މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ) |
އަންދާސީ ހިސާބު ހުށަހެޅުން |
24 އޮކްޓޯބަރ 2023 ( އަންގާރަ) 11:30 |
މި އިދާރާ (މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ) |
މި މަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.މ.އަތޮޅު ޤުރުއާން މުބާރާތް 2023 ބާއްވާ ތާރީހް ލަސްވުމާއި ގުޅިގެން މީގެ ކުރިން މިކަމަށްކުރި ނަމްބަރ (IUL)365-ESMS/2023/59 (10 އޮކްޓޯބަރ 2023) އިޢުލާނުވަނީ ބާތިލް ކުރެވިފައެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.