ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)14-VD/01/2015/
ޕަބްލިޝްކުރި ތާރީޚް: 28 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 15:04
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 11 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރުމާބެހޭ

އިޢުލާން

ޤާނޫނު ނަންބަރު 31/79 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) އަށް 11 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް 1 އޭޕްރީލް 2015 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަންޖެހެއެވެ.

ވީމާ، މަތީގައި ދެންނެވުނު ތާރީޚު ފެށިގެން ރާއްޖެއަށް އިމްޕޯޓްކުރާ މުދަލަށް ޑިއުޓީ ނަގަމުން ގެންދާނީ "ޤާނޫނު ނަންބަރު 31/79 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) އަށް 11 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު" އަށް ގެނެވުނު އިޞްލާޙުގައި ބަޔާންކޮށްފައިވާ ޑިއުޓީ ރޭޓްތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ. މިގޮތުން އެތާރީޚުގެ ކުރިން ރާއްޖެއަށް އިމްޕޯޓްކޮށްފައިވާ ޝިޕްމެންޓްއެއް ކަމަށް ބެލެވޭނީ އެޝިޕްމެންޓްއެއް އުފުލި އުޅަނދު 1 އެޕްރީލް 2015 ކުރިން  ރާއްޖެއަށް އައިސްފައިވުމާއެކު އެތާރީޚުގެ ކުރިން އެޝިޕްމެންޓެއް ކުލިއަރ ކުރުމަށްޓަކައި ޑިކްލަރޭޝަން ކަސްޓަމްސަށް ހުށަހަޅާފައިވާނަމައެވެ. މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

28 ފެބުރުވަރީ 2015