ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)10-A/2015/4
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 15:02
ސުންގަޑި: 12 މާރިޗު 2015 00:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ރައިވެރިބޭގެ ޖިހާދުގެ ފެތުން ބާއްވާ ތާރީޚު

އިޢުލާން

މިއަހަރަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރޭ ރަންޔޫބީލް ފާހަގަކުރާ އަހަރު ކަމުގައިވުމާއެކު، މިއަހަރުގެ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ރައިވެރިބޭގެ ޖިހާދުގެ ފެތުން" މި ނަމުގައި ބާއްވާ ޚާއްޞަ ފެތުން މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ 27 މާރިޗް 2015 ވާ ހުކުރު ދުވަހު ހަވީރެވެ. މި ފެތުން ކުރިއަށްދާނީ ވިލިނގިލިން މާލެއަށް ފަތާގޮތަށެވެ.

ވީމާ، މިނިވަން 50 ގެ މުނާސަބަތުގައި ބާއްވާ މި ފެތުމުގައި ބައިވެރިވެވަޑައިގަތުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ޢާންމު އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

މި ކަމަށްއެދި ހުށަހަޅާ ފޯމު މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މީގެ އިތުރުން މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ވެބްސައިޓްގެ އެޑްރެހަކީ www.homeaffairs.gov.mv އެވެ. އަދި މިފެތުމުގައި ބައިވެރިވުމަށްޓަކައި ނަން ނޯޓު ކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3323820 ފޯނަށް ގުޅުއްވައިގެން ނަން ނޯޓު ކުރުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލެވިފައެވެ. ނަން ނޯޓުކުރުމާއި، ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 12 މާރިޗު 2015 ވާ ބުރާސްފަތި ދުވަހެވެ.

11 ޖުމާދަލްއޫލާ 1436

02 މާރިޗު 2015