ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަށް ނެރުބައްތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް
މި މިނިސްޓްރީއަށް ބޭނުންވާ 120 ނެރުބައްތި (50 ރަތް، 50 ފެހި އަދި 20 ހުދު) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަމްބަރު IUL)472/472/2023/54) (2023 އޮކްޓޯބަރ 10) އިޢުލާނާއިއެކު ދެވިފައިވާ މަޢުލޫމާތު ޝީޓަށް ބަދަލުގެނެސްފައިވާތީ އެއިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިތަކެތި ސަޕްލައިކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2023 އޮކްޓޯބަރ 29 ވާ އާދިއްތަ ދުވަހު 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް އަދި ފުރިހަމަ ކުރަންޖެހޭ ފޯމްތައް މި އިޢުލާނާއެކު ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ.
އަދި ދަންނަވަމެވެ، މައުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.