ދިވެހިރާއްޖެ
އަގު ކޮމެޓީގެ މެމްބަރުންގެ ދަފްތަރު އެކުލަވާލުމަށްކުރެވޭ އިޢުލާން
މަޤާމް: |
އަގުކޮމެޓީގެ މެމްބަރު |
ދަފްތަރުގެ މުއްދަތު: |
ކޮމިޓީ އެކުލަވާލާ ދުވަހުން ފެށިގެން 03 (ތިނެއް) އަހަރު |
މަސައްކަތްކުރަންޖެހޭ ތަން: |
މިކޮމެޓީގެ މެންބަރުންނާ މަސައްކަތް ޙަވާލުކުރާނީ ހއ.ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުން (ނޯޓް: އެހެން ރަށެއްގެ ކޯޓަކަށްވެސް މިކޯޓުގެ ދަފްތަރުގައި ހިމެނޭ މެންބަރުންގެ އެހީތެރިކަމަށް އެދުމުގެ ފުރުސަތު އޮންނާނެ) |
އުޖޫރަ އާއި ޢިނާޔަތްތައް: |
މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/300ރ (ތިންސަތޭކަ ރުފިޔާ) (ނޯޓް: އެހެން ރަށެއްގެ ކޯޓަކުން މިކޯޓުގެ ދަފްތަރުގައި ހިމެނޭ މެންބަރުގެ އެހީތެރިކަން ހޯދާނަމަ، މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/300ރ (ތިންސަތޭކަ ރުފިޔާ) ދިނުމުގެ އިތުރަށް، ހުރުމާއި، ކެއުމާއި، ދަތުރުޚަރަދު އެ ކޯޓަކުން ހަމަޖައްސައިދޭނެ) |
އަސާސީ ޝަރުޠު: |
1- ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން 2- ލިޔަން ކިޔަން ދަތުމާއެކު، މަސައްކަތަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ޙާސިލުކޮށްފައިވުން. ނުވަތަ 3- ލިޔަންކިޔަން ދަތުމާއެކު، މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން |
މައިގަނޑު މަސައްކަތް: |
ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަގުކުރަންޖެހޭ ތަކެއްޗާއި ތަންތަން އަގުކުރުން |
މަސައްކަތް ޙަވާލުކުރުން: |
ކޯޓަށް ހުށަހެޅިފައި އޮތް މައްސަލައެއްގައި ތަނެއްގެ ނުވަތަ އެއްޗެއްގެ އަގުކުރަން ޖެހިއްޖެނަމަ، ޝަރުޢީ އަގުކޮމެޓީގެ ދަފްތަރުގައި ހިމެނޭ މެންބަރުންގެ ތެރެއިން މަދުވެގެން 03 (ތިނެއް) މެންބަރަކާ މަސައްކަތް ހަވާލުކުރެވޭނެ |
ކޯޓަށް ހުށަހަޅަންޖެހޭ ތަކެތި: |
1- ފުރިހަމަކޮށްފައިވާ އަގު ކޮމެޓީގެ މެންބަރުކަމަށް އެދޭ ފޯމް 2- އައި.ޑީ ކާޑުގެ ކޮޕީ 3- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (މި ކޯޓުގެ އީ-މެއިލަށް މެއިލް ކުރައްވާ ފޯމުތައް ޕީ.ޑީ.އެފް (PDF) ފައިލެއްގެ ގޮތުގައި ފޮނުއްވުން އެދެމެވެ.) |
ސުންގަޑި: |
2023 އޮކްޓޯބަރ 31 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން |
އިތުރު މަޢުލޫމާތު: |
މިކޯޓުގެ ނަންބަރު 6500143 ފޯނަށް ގުޅުއްވުން އެދެން. |
18 އޮކްޓޯބަރ 2023