ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472/1/2023/156
ޕަބްލިޝްކުރި ތާރީޚް: 18 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 10:46
ސުންގަޑި: 27 އޮކްޓޫބަރު 2023 00:00
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
27 އޮކްޓޫބަރު 2023 ވާ ހުކުރު ދުވަހު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ދިރާގު ރޯޑް ރޭހާ ގުޅޭ

27 އޮކްޓޫބަރު 2023 ވާ ހުކުރު ދުވަހު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ދިރާގު ރޯޑް ރޭހާ ގުޅޭ

27 އޮކްޓޫބަރު 2023 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިރާގު ރޯޑު ރޭހާ ގުޅިގެން ތިރީގައިވާ ގަޑިތަކުގައި މި އިޢުލާނާ އެއްކަރުދާސްކޮށްފައިވާ ރޫޓުމެޕުގައިވާ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާވާނެ ކަމުގައި އާނމުކޮށް އަންގާ އިޢުލާންކުރަމެވެ.

  1. 1.      (ހާފް މެރަތަން – ފަތިހު 3:30 އިން 5:30 އަށް)
  2. 2.      (10K – ހެނދުނު 5:30 އިން 7:30 އަށް)
  3. 3.       (5K – ހަވީރު 16:00 އިން 18:00 އަށް)

މިއެންގުމާއި ޚިލާފުވާ ފަރާތްތަކައް ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫން) ގެ 3 ވަނަ މާއްދާގެ (ހ) އިން ބާރުލިބިގެން އެ ޤާނޫނުގެ 68 ވަނަ މާއްދާގެ ދަށުން 750 ރުފިޔާއިން ޖޫރިމަނާކުރެވޭނެކަމުގައި ދަންނަވަމެވެ. އެހެންކަމުން، ހުރިހާ ފަރާތްތަކުންވެސް މިދެންނެވި ގޮތަށް ޢަމަލުކުރުމަށް އަންގާ އިޢުލާނުކުރީމެވެ.

18 އޮކްޓޫބަރު 2023