ކުއްޔަށް ދިނުން
ނަންބަރު: (IUL)BCC-SH/1/2023/90
ޕަބްލިޝްކުރި ތާރީޚް: 18 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 10:10
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެސްއެމްއީ ހަބްގެ ދެވަނަ ފަންގިފިލާއިން ވިޔަފާރި ކުރުމަށްޓަކައި ކުއްޔަށް ދޫކޮށްފައިވާ ކިއޮސްކްތަކަށް އެދި ދަފްތަރުވުމުގެ ފުރުސަތު

މި ކޯޕަރޭޝަނުން ހިންގަމުންގެންދާ "އެސްއެމްއީ ހަބް"ގެ ދެވަނަ ފަންގިފިލާއިން ގާމެންޓާއި އާރޓް އެންޑް ކްރާފްޓްގެ ދާއިރާއިން ތަކެތި ތައްޔާރުކޮށް ވިއްކާ ފަރާތްތަކަށް ހާއްސަކޮށްގެން ކުއްޔަށް ދޫކޮށްފައިވާ ކިއޮސްކުތައް ކުއްޔަށް ހިފުމަށް ގިނަ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރަމުން ގެންދާތީ، ކުރިއަށް އޮތް ތަނުގައި ހުސްވާ ކިއޮސްކްތައް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވައިލުމަށްޓަކައި ފުރުސަތު ހުޅުވައިލަމެވެ.

 

އެގޮތުން، ކުރިއަށް އޮތް ތަނުގައި ހުސްވާ ކިއޮސްކްތައް ކުއްޔަށް ދިނުމަށް ފުރުސަތު ދެވޭނީ ދެންނެވުނު ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ.

 

މި ކިއޮސްކްތައް ކުއްޔަށް ހިފުމަށް  ދަފްތަރުވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއިއެކު ހިމަނާފައިވާ އޮންލައިން ފޯމު ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ފޯމު: https://forms.office.com/r/6fUr60JW2s

 

ކިއޮސްކު ކުއްޔަށް ދޫކުރާ އަގުތަކާއި، އެހެނިހެން މައުލޫމާތު މި އިޢުލާނާއިއެކު ހިމަނައިފައިވާ މަޢުލޫމާތު ކަރުދާހުން، ނުވަތަ 3305555 އަށް ގުޅުއްވައިގެން ނުވަތަ  [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

މި ކޯޕަރޭޝަނުން އެހެން ގޮތަކަށް އަންގާ އިޢުލާނު ކުރަންދެން ދަފްތަރުވުމުގެ ފުރުސަތު އާންމުކޮށް ހުޅުވިފައި އޮންނާނެއެވެ.

 

 

18 އޮކްޓޫބަރު 2023