ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 14:49
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
މޮޓޯސައިކަލުގެ ދުންހޮޅި ފަޅާލައިގެން ދުއްވުމާބެހޭ

އިޢުލާން

މޮޓޯސައިކަލުގެ ދުންހޮޅި ފަޅާލައިގެން ދުއްވުމާބެހޭ،

މިހާރަކަށް އައިސް މޮޓޯސައިކަލާއި އޮޓޯސައިކަލުގެ ދުންހޮޅިއަށް ބަދަލު ގެނެސްގެން ދުއްވަމުން ގެންދިއުން އާންމުވަމުންދާކަމަށް ފާހަގަ ކުރެވެއެވެ.

މިކަމަކީ "އެއްގަމު އުޅަނދު ރޯޑްވާދިނަސް ޓެސްޓް ހެދުމުގެ ގަވާއިދު"ގެ 4ވަނަ މައްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖަދުވަލު 1 ގެ 4.3 ގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފު ކަމެއް ކަމުގައި ވާތީ، މިފަދަ ފަރާތްތަކާމެދު "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު"ގެ 65 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޖޫރިމަނާކޮށް "އެއްގަމު އުޅަނދު ރޯޑްވާދިނަސް ޓެސްޓް ހެދުމުގެ ގަވާއިދު"ގެ 13 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރޯޑްވާދިނަސް ބާޠިލު ކުރެވޭނެއެވެ.

ވީމާ، މިކަން ހަނދުމަފުޅުކޮށް އެރުވުމުގެ ގޮތުން އަންގައި އިޢުލާން ކުރަމެވެ.

10 ޖުމާދަލްއޫލާ 1436

01 މާރިޗު 2015