ދިވެހިރާއްޖެ
އިޢުލާން |
|||
އަންދާސީ ހިސާބު ބޭނުންވެއްޖެ: މި އޭޖެންސީގެ ދަށުން ހުޅުމާލޭގައި ޤާއިމްކުރެވިފައިވާ ހާފްވޭހައުސްގެ ކޭޓަރިންގ ޚިދުމަތް 1 (އެއް) އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ކޭޓަރިންގ ޚިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 16 އޮކްޓޯބަރ 2023 ވާ ހޯމަ ދުވަހުން ފެށިގެން 24 އޮކްޓޯބަރ 2023 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް، ތިރީގައިވާ ތާވަލާއި އެއްގޮތަށް، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. މި އިއުލާނާއި ގުޅޭ ރެޖިސްޓްރޭޝަން ފޯމް، މަސައްކަތުގެ މަޢުލޫމާތު ޝީޓް އަދި އިވެލުއޭޝަން ކްރައިޓީރިއާ އެއްކަރުދާސް ކުރެވިފައިވާނެއެވެ. |
|||
|
ތާރީޚް |
ގަޑި |
ތަން |
އަންދާސީ ހިސާބު ހުށަހެޅުން |
25 އޮކްޓޯބަރ 2023 (ބުދަ) |
09:00 (މެންދުރުކުރި) |
- ނޭޝަނަލް ޑްރަގް އޭޖެންސީ ހެޑް އޮފީސް (ސީޓްރެކްސް ބިލްޑިންގ / ދެވަނަ ފަންގިފިލާ / ގުރާބުތުނޑި ހިނގުން / މާލެ / ދިވެހިރާއްޖެ)
|