ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)232-AG/232/2023/28
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 17:20
ސުންގަޑި: 22 އޮކްޓޫބަރު 2023 10:00
މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ 12 ވަނަ އަތޮޅު ޤުރުއާން މުބާރާތަށް ވަޑައިގަންނަވާ ފަރާތްތަކަށް ފަރިއްކޮޅު ތައްޔާރުކޮށްދިނުމުގެ މަސައްކަތް ހަވާލުކުރާ ފަރާތް އާންމުކުރުން

މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ 12 ވަނަ އަތޮޅު ޤުރުއާން މުބާރާތަށް ވަޑައިގަންނަވާ ފަރާތްތަކަށް ފަރިއްކޮޅު ތައްޔާރުކޮށްދިނުމުގެ މަސައްކަތް ހަވާލުކުރާ ފަރާތް އާންމުކުރުން

     މިއިދާރާގެ 12 ވަނަ އަތޮޅު ޤުރުއާން މުބާރާތަށް ވަޑައިގަންނަވާ ފަރާތްތަކަށް (200 ބޭފުޅުންނަށް) އަމިއްލަ ތަކެތީގައި ފަރިއްކޮޅު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ  (IUL)232-AG/232/2023/23އިއުލާނާއި ގުޅިގެން ބިޑް ހުށަހަޅާފައިވަނީ 02 (ދޭއް) ފަރާތަކުންނެވެ. ހުށަހެޅިފައިވާ ބިޑްތައް، މާލިއްޔަތު ޤަވައިދުގައިވާ ގޮތުގެމަތިން އެކުލަވާލެވިފައިވާ އިވެލުއޭޝަން ކޮމިޓީއާއި ބިޑް ކޮމެޓީން ބަލަންޖެހޭ ކަންތައްތަކަށް ބެލުމަށްފަހު، މިމަސައްކަތް ކްރައުންމާކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކުރުމަށް ހަމަޖެހިފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

މި އިޢުލާންކުރާ ތާރީހުން ފެށިގެން ސްޓޭންޑް- ސްޓިލް މުއްދަތު ގުނަން ފެށޭނެއެވެ. މި ސްޓޭންޑް- ސްޓިލް މުއްދަތު ތެރޭގައި،

  • ބިޑު ހުށަހެޅި ފަރާތްތަކުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލަށް އެދެވިދާނެއެވެ. އަދި،
  • މި ބީލަން، އެހެން ފަރާތަކާއި ޙަވާލުކުރުމާމެދު އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، ޝަކުވާ ހުށަހެޅޭނެއެވެ.

 މަތީގައި ދެންނެވުނު ކަންތައްތައް ކުރިއަށް ގެންދަންވާނީ ދައުލަތުގެ މާލިއްޔަތުގެ ޤަވައިދުގެ 10.53 ގައި ބަޔާންކޮށްފައިވާގޮތުގެ މަތިން 5 (ފަހެއް) ދުވަހުގެ ތެރޭގައެވެ.

 ބީލަން ޙަވާލު ކުރަން ނިންމާފައިވާ ފަރާތް:-

ކުންފުނީގެ ނަން:-

ކްރައުންމާކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ހުށަހަޅާފައިވާ އަގު:-

174,500.00 (އެއްލައްކަ ހަތްދިހަ ހަތަރުހާސް ފަސްސަތޭކަ ރުފިޔާ)

މުއްދަތު

01 ނޮވެމްބަރ 2023 އިން 04 ނޮވެމްބަރ 2023 އަށް

   ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލް ނުވަތަ ބީލަމާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީޚަކީ 22 އޮކްޓޯބަރ 2023  ވަނަ ދުވަހުގެ 10:00 އެވެ. މި ތާރީޚްގައި ސްޓޭންޑް-ސްޓިލް މުއްދަތު ހަމަވާނެއެވެ. ޝަކުވާ ނުވަތަ އިވެލުއޭޝަންގެ ތަފްސީލް ހޯދުމަށް އެދޭއިރު، މަސައްކަތުގެ ނަން، ބީލަންވެރިޔާގެ ނަން، ގުޅޭނެ ފޯނު ނަންބަރު އެނގޭނެހެން ތިރީގައިވާ އީ.މެއިލްއަށް، ހުށަހަޅަންވާނެއެވެ.

އީ.މެއިލް :  [email protected]

ފޯން ނަންބަރު :- 6644234 

16 އޮކްޓޫބަރު 2023