ދެންނެވުން
ނަންބަރު: IL-KPL/2023/019
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 15:35
ސުންގަޑި: 22 އޮކްޓޫބަރު 2023 23:59
ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރަށް ބާލާފައިހުރި މުދަލުގެ ތެރެއިން ކްލިއަރ ނުކޮށް ގިނަދުވަސްވީ މުދަލުގެ ތަފްޞީލާއި ގުޅޭ.

ތިރީގައި ބަޔާންކުރެވިފައި އެވަނީ ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ކްލިއަރ ނުކޮށް ގިނަދުވަސްވީ މުދަލުގެ ތަފްޞީލެވެ.

މުދަލުގެ ތަފްޞީލު ބައްލަވައިލެއްވުމަށް:  https://shorturl.at/ahmrs

ވީމާ، މިއަދުންފެށިގެން 07 ދުވަހުގެ ތެރޭގައި މި މުދާތަށް ބަނދަރުން ކްލިއަރ ކުރުމަށް މުދަލުގެ ވެރިފަރާތްތަކަށް ދަންނަވަމެވެ. ދެންނެވުނު މުދަލުގެ ތެރޭގައި ކަމާބެހޭ އެއްވެސް މުޢައްސަސާއަކުން ހިފަހައްޓާފައިވާ މުދަލެއްވާނަމަވެސް އެތަކެއްޗާއިމެދު ވަކިގޮތެއް ނިންމުމަށްފަހު ބަނދަރުން ކްލިއަރ ކުރުމަށް ނުވަތަ ނައްތާލުމަށް ދަންނަވަމެވެ.

މިމުއްދަތުގެ ތެރޭގައި މުދާ ނުގެންދަވައިފިނަމަ، މިފަދަ މުދަލާއިމެދު ޢަމަލު ކުރުމަށް މިކުންފުނީގައި ހަމަޖެހިފައި އޮންނަ ޤަވާއިދުގެ ދަށުން ނީލަމުގައި ވިއްކާލެވޭނެއެވެ. އަދި އެއްވެސް ސަބަބަކާއި ހުރެ ނީލަމުގައި ވިއްކާ ނުލެވޭ މުދާ ނައްތާލުމަށްފަހު، އެމުދަލެއް ނައްތާލުމަށް ހިނގާ ޚަރަދު މުދަލުގެ ވެރިފަރާތަށް ބިލްކުރެވޭނޭ ވާހަކަވެސް ދަންނަވަމެވެ.

16 އޮކްޓޫބަރު 2023