ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)256/256/2023/76
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 15:15
ސުންގަޑި: 26 އޮކްޓޫބަރު 2023 13:30
ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.މުރައިދޫ ކައުންސިލް އިދާރާގެ އައު ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުން

ހއ.މުރައިދޫ ކައުންސިލްގެ އައު އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުން

ހއ.މުރައިދޫ ކައުންސިލްގެ އައު އޮފީސް އިމާރާތް ޤާއިމްކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރު (IUL)256/256/2023/71 އިޢުލާނާއި ގުޅިގެން، އެކަށީގެންވާ ބިޑެއް ހުށަހަޅާފައި ނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 3 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 2023 އޮކްޓޫބަރ 18ވަނަ ދުވަހުން ފެށިގެން 2023 އޮކްޓޫބަރ 26ވަނަ ދުވަހުގެ 13:30ގެ ކުރިން، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށްފަހު،[email protected]  އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި އިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާހާއި ގުޅުންހުރި ލިޔުންތައް އިޢުލާނާއެކު ގެޒެޓް ކޮށްފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2023 ނޮވެމްބަރ  02 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 13:00ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.  

މި އިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 2023 ނޮވެމްބަރ 01 ވާ  ބުދަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން  [email protected]   އަށް މެއިލްކުރެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

16 އޮކްޓޫބަރު 2023