ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)414/414/2023/90
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 14:32
ސުންގަޑި: 07 ނޮވެންބަރު 2023 12:00
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއި ބެހޭ

ދިރިއުޅުމަށްޓަކައި ގޯތި ބޭނުންވާ ފަރާތްތަކަށް ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ފުރުސަތުގައި ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ އުމުރުން 18 އަހަރު ފުރިފައިވާ ފަރާތްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓަށްވުރެ ކުޑަނޫން ބިމެއް، ފްލެޓެއް ނުވަތަ ރޯހައުސްއެއް ލިބިފައިނުވާ ފަރާތްތަކުގެ ތެރެއިން "ގއ. ކަނޑުހުޅުދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުޞޫލު" ގައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކަށެވެ. މި ފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 1500 އަކަފޫޓާއި 2000 އަކަފޫޓާއި ދެމެދުގެ 24 ގޯއްޗެވެ.

                          

ފޯމު ދޫކުރުން: ފޯމު ދޫކުރާނީ 18 އޮކްޓޫބަރު 2023 ވާ ބުދަ ދުވަހުން ފެށިގެން 07 ނޮވެމްބަރު 2023 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 12:00 އަށް ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރު 12:00 އަށް

 

ފޯމު ބަލައިގަތުން: ފޯމު ބަލައިގަތުމަން ހަމަޖެހިފައިވަނީ 18 އޮކްޓޫބަރު 2023 އިން 07 ނޮވެމްބަރު 2023 އަށް ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރު 12:00 އަށް

          އަދި ދަންނަވަމެވެ. 07 ނޮވެންބަރު 2023 ވާ އަންގާރަ ދުވަހުގެ 12:00 ގެ ފަހުން މި އިދާރާއަށް ގެންނަ ފޯމްތައް ބަލައިގަނެވެން ނޯންނާއެވެ. އަދި ގޯއްޗަށް އެދޭ ފޯމާއި ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ޗާޓު އަދި "ގއ. ކަނޑުހުޅުދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުޞޫލު" މި އިޢުލާނާއެކު ޝާއިޢުކުރެވިފައިވާނެއެވެ.މިކަމާއިބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6820020 އަށް ގުޅުއްވުން އެދެމެވެ.

 

މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.

16 އޮކްޓޫބަރު 2023