މުބާރާތް
ނަންބަރު: (IUL)240-PMD/240/2023/63
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 31 އޮކްޓޫބަރު 2023 13:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލާމަސީލުލާމު ޑަބުލިއު ޑީ ސީ ހޭންޑްބޯޅަ މުބާރާތް 2023

މި އަތޮޅު އަންހެނުންގެ ތަރަށްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހުޅުވާލައިގެން އަންނަ ނޮވެމްބަރު މަހު 18 ން 26 އަށް ލ.ފޮނަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "ލާމަސީލުލާމު ޑަބުލިޔު ޑީ ސީ ހޭންޑްބޯޅަ މުބާރާތް 2023" ގައި ބައިވެރި ވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

 ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2023  އޮކްޓޫބަރު 31 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް ފޮނުއްވުން އެދެމެވެ. ޓީމް ލިސްޓް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ 2023 ނޮވެމްބަރު 5 ވަނަ ދުވަހު 13:00 ކަމުގައި ދެންނެވީމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި، ޓީމްލިސްޓް ހުށަހަޅާ ފޯމް އަދި މުބާރާތުގެ ޤަވާޢިދު މިއިދާރާގެ ވެބްސައިޓް laamu.gov.mv އިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

16 އޮކްޓޫބަރު 2023