ދިވެހިރާއްޖެ
އިޢުލާން
މަތިމަރަދޫ ކުޑަކުދިންގެ ޕާރކެއް އެޅުމަށް ކުރެވުނު އިޢުލާން (IUL)399-CA/399/2023/112 ނަންބަރު އިޢުލާނާއި ގުޅިގެން އެންމެ ފަރާތަކުން ބީލަން ހުށަހަޅާފައިވާތީ އިޢުލާނު ބާތިލް ކުރުމަށްފަހު އެފުރުސަތު އަލުން ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑް ޑޮކިއުމަންޓް ގަތުމަށްފަހު ތިރީގައިވާ ގަޑިއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ -/100 (ސަތޭކަ ރުފިޔާ) އެވެ. ބިޑް ޑޮކިއުމަންޓް ގަންނަންލިބޭނީ 18 އޮކްޓޯބަރ 2023 ވަނަ ދުވަހު10:00 ން ފެށިގެން 26 އޮކްޓޯބަރ 2023 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ. ފައިސާ ބަލައިގަނެ ޑޮކިއުމަންޓް ދޫކުރާނީ މި އިދާރާގެ ފައިސާއާއި ބެހޭ ޔުނިޓްގެ ކައުންޓަރުންނެވެ.
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
ޕްރީބިޑް މީޓިންގ |
ގަމު ކައުންސިލް އިދާރާ |
29 އޮކްޓޯބަރ 2023 |
އާދީއްތަ |
10:00 |
ބިޑް ހުށަހެޅުން |
ގަމު ކައުންސިލް އިދާރާ |
02 ނޮވެމްބަރ 2023 |
ބްރާސްފަތި |
13:00 |
އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި ބީލަން ފޮތް ނުގަންނަ ފަރާތަކަށްވެސް ބީލަން ހުށަހެޅުމުގައި ބައިވެރިނުވެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް އ. ކައުންސިލް އޮފިސަރ އާމިނަތު ފަރީޝާ 7438293 އެވެ.
ވީމާ، މި ކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
16 އޮކްޓޯބަރ 2023 މ.