ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-MS/266/2023/235
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 13:24
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އާރ.ޓީ.އެލް ބަސް ދުއްވާ މަގުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުން މަނާކުރުން
ކުޅުދުއްފުށި ސިޓީގައި ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރ.ޓީ.އެލް) ބަހުގެ ޚިދުމަތް ފެށުމާއި ގުޅިގެން ބަސް ދަތުރުކުރުމަށް ހަމަޖެހިފައިވާ މަގުތަކުގެ ތެރެއިން ތިރީގައި ދެންނެވިފައިވާ މަގުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކޮށްފައި ބޭއްވުމަކީ މަނާކަމެއް ކަމުގައި އާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.
އޯކިޑްމަގު |
ސަރުދާރުމަގު |
ސަހަރާމަގު |
ނިޔަދުރުގޯޅި |
މާލިމި ހިނގުން |
ބޮޑުރުއްދޮށުގޯޅި |
ފުނަވަލުމަގު |
|
މިމަގުތަކުގެ އިތުރުން ބަސް ދަތުރުކުރާ މަގުތަކުގައިވެސް، ބަސް ދުއްވުމަށް ދަތިވާގޮތަށް ވެހިކަލް ޕާކުކުރުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ. މި އިޢުލާނާއި ޚިލާފަށް މަގުގައި ޕާކުކޮށްފައިވާ އުޅަނދުތައް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޓޯކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ.
16 އޮކްޓޫބަރު 2023