މަސައްކަތް
ނަންބަރު: (IUL)351/351/2023/49
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 11:48
ސުންގަޑި: 24 އޮކްޓޫބަރު 2023 00:00
އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކު ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އދ. މަންދޫގައި ޤާއިމްކޮށްފައިވާ ކުޑަކުދިންގެ ޕާކު މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް   01 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ވިނަނޮޅާ ސާފުކުރުމާއި، ކުޅޭ އެއްޗެހިތައް ސާފުކޮށް ބަލަހައްޓައިދިނުމާއި އަދި ގަސްއިންދާ ކޮށާ ފެންދީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި ކަމަކީ މިކައުންސިލްގެ ހަތަރުވަނަ ދައުރުގެ 53 ވަނަ ޢާންމު ޖަލްސާގައި ނިންމާފައިވާ ނިންމުމާއި އެއްގޮތަށް ކުރިއަށް ގެންދިޔުމަށް އިޢުލާނުކުރެވިފައިވާ މަސައްކަތެކެވެ. އެހެންކަމުން މިކަމަށް އެދި އަގުހުށަހެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 22 އޮކްޓޯބަރު 2023 ވާ ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް މިއިދާރާއަށް ދުރުވެ ނުވަތަ ގުޅައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 24 އޮކްޓޯބަރު 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް ބީލަންފޯމް ފުރިހަމަކޮށް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ކަރުދާހާއި އަދި ބީލަންފޯމު އިސްވެދެންނެވުނު މަޢުލޫމާތު ބައްދަލުވުމުގައި ލިބިލައްވާނެ ވާހަކަ ދަންނަަވަމެެވެ. މިކަމަށްއެދި ހުށަހަޅާ ލިޔުންތައް ބަލައިގަނެ، ކެނޑުން އޮންނާނީ 24 އޮކްޓޯބަރު 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި މިއިދާރާގައި އަގުހުށަހަޅާ ފަރާތްތަކުގެ ހާޟިރު ގައެވެ. އަގުހުށަހެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ ހުށަހަޅާ ފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއަކާއިއެކު ހުށަހެޅުން އެދެމެވެ.

      ވީމާ، މިކަން ތިޔަ އެންމެހާ ފަރާތްތަކަށް ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

16 އޮކްޓޫބަރު 2023