ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)351/351/2023/48
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 11:46
ސުންގަޑި: 31 އޮކްޓޫބަރު 2023 00:00
އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އާންމު މަގުތަކުގައި ދުއްވާ އެއްޗެއްސަށާއި ހިނގާބިގާވެ އުޅޭ އެންމެހައި ފަރާތްތަކަށް އުނދަގޫވާގޮތަށް ހުރި ރުއްގަހާއި އެފަދަ އެންމެހާ ތަކެތި ނެގުމާއި ބެހޭ

އދ. މަންދޫގައި މީހުން ދިރިއުޅޭ ސަރަހައްދުގެ އާންމު މަގުތަކުގައި ދުއްވާ އެއްޗިއްސަށާއި ހިނގާބިގާވެ އުޅޭ އެންމެހައި ފަރާތްތަކަށް އުނދަގޫވާގޮތަށްހުރި ރުއްގަހާއި އެފަދަ އެންމެހައި ތަކެތި ނެގުމަށާއި އަދި އެގެއެއްގެ އިންފާރުން ބޭރަށް ނުކުމެފައިހުރި ފަންތަކާއި އޮފިތައް ކޮށާ ސާފުކޮށްދެއްވުން އެދި ދެންނެވުމަށް މިކައުންސިލްގެ ހަތަރުވަނަ ދައުރުގެ 53 ވަނަ ޢާންމު ޖަލްސާއިން ވަނީ ނިންމާފައެވެ. ގޭގޭގައި ހައްދާފައިވާ ރުއްގަހުގެ އޮފިތަކާއި ފަންތައް އެގެއެއްގެ އިންފާރުން ބޭރަށް ނުކުމުފައިހުރިނަމަ 06 ފެބުރުވަރީ 2022 ގެ ނިޔަަލަށް، އެފަދަ އޮފިތަކާއި ފަންތައް ބިމުން ފެށިގެން 10 (ދިހައެއް) ފޫޓަށްވުރެ ތިރި ނުވާނެހެން ކޮށުމަށާއި އަދި މަގުބައްތިތަކުގެ އަލި ނުގެއްލޭނެހެން މަގުބައްތިތަކާއި އެއްވަރަށް ކޮށުމަށް އިދާރާގެ ނަންބަރު: (IUL)351/351/2022/2 އިޢުލާނުގައި ދަންނަވާފައިވާނެކަންވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އެހެންކަމުން މިއަދުން ފެށިގެން 31 އޮކްޓޯބަރު 2023 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ތިޔަ އެންމެހައި ފަރާތްތަކުގެ ގޭގޭގެ އިމުން ބޭރުގައިހުރި ރުއްގަހާއި، ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އެއްޗިއްސަށް އުނގަގޫވާގޮތަށް ބަހައްޓާފައިހުރި އެންމެހައި ތަކެތި ނެގުމަށާއި ގޭގޭގެ އިންފާރުން ބޭރަށް ނުކުުމެފައިހުރި ރުއްގަހުގެ އޮފިތަކާއި ފަންތައް ބިމުންފެށިގެން 10 (ދިހައެއް) ފޫޓަށްވުރެ ތިރި ނުވާނެހެން ކޮށާސާފުކޮށްދިނުން އެދިދެންނެވީމެވެ.   

      ވީމާ، މިކަން ތިޔަ އެންމެހާ ފަރާތްތަކަށް ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

16 އޮކްޓޫބަރު 2023