ކުއްޔަށް ދިނުން
ނަންބަރު: 399-E/2015/21
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 14:29
ސުންގަޑި: 18 މާރިޗު 2015 11:30
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަތިމަރަދޫ ގެސްޓްހައުސް ކުއްޔަށްދިނުމަށް.

މަތިމަރަދޫ ގެސްޓްހައުސް ކުއްޔަށް ދިނުމާބެހޭ:

މިކައުންސިލުގެ ބެލުމުގެ ދަށުގައިވާ ލ. ގަމު މަތިމަރަދޫ ގެސްޓްހައުސް މިހާރު އެތަންހުރި ހާލަތުގައި ކުއްޔަށް ދިނުމަށް ކުރިން މިއިދާރާއިން ކުރި ނަންބަރު E/2015/07-ފ399 (05 ފެބުރުވަރީ 2015) އިޢުލާނަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން މިފުރުޞަތު ހުޅުވާލަމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

11 މާރިޗު 2015

ބުދަ

11:30

އެސްޓިމޭޓް ހުށަހެޅުން

18 މާރިޗު 2015

ބުދަ

11:30

މަޢުލޫމާތު ދިނުން އޮންނާނީ ކައުންސިލްގެ މައި އިދާރާގައެވެ. މަޢުލޫމާތު ލިބިގަތުމާއި، އަންދާސީހިސާބު ހުށަހެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި މިކަމަށް އެދި މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ލިބިވަޑައިގަންނަވާނީ މަޢުލޫމާތު ސާފުކުރުމުގެ 01 ފުރުޞަތެވެ.

11 ޖުމާދަލްއޫލާ 1436

02 މާރިޗު 2015