ނީލަން
ނަންބަރު: (IUL)468-LID/468/2023/294
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 08:33
ސުންގަޑި: 22 އޮކްޓޫބަރު 2023 12:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިއުމާއި ގުޅޭ:

ތިރީގައި މިވާ ދެބިމުގައި ހުރި ރުއްގަހުގެ ނީލަން ކިއުން 2023 އޮކްޓޯބަރު  22 ވާ އާދިއްތަ ދުވަހުގެ ގައި އެރުއްގަހުގެ ކައިރީގައި އޮންނާނެއެވެ.

1 - ފުނާޑު މެރީނާ ގޯއްޗާއި އިންވެ އެގޯތީގެ ފުރަގަހުން ފްލެޓް އެޅުމަށް ފާހަގަކޮށްފައިވާ ބިމުގައި  01 ން 93 އަށް ނަންބަރު ޖަހާފައިވާ  ރުއްގަހުގެ ނީލަންކިޔުން 2023 އޮކްޓޯބަރު  22 ވާ އާދިއްތަ ދުވަހުގެ ހެދުނު 9:00 ގައި އެރުއްގަހުގެ ކައިރީގައި އޮންނާނެއެވެ.

2- ފުނާޑު ނިރިލް ހިނގުމާއި އިންވެގެން ފްލެޓް އެޅުމަށް ފާހަގަކޮށްފައިވާ ބިމުގައި 01 ން 63 އަށް ނަންބަރު ޖަހާފައިވާ  ރުއްގަހުގެ ނީލަންކިޔުން 2023 އޮކްޓޯބަރު  22 ވާ އާދިއްތަ ދުވަހުގެ ހެދުނު 9:30 ގައި އެރުއްގަހުގެ ކައިރީގައި އޮންނާނެއެވެ.

ވީމާ މިނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 އޮކްޓޯބަރު  22 ވާ އާދިއްތަ ދުވަހުގެ މަތީގައި ދެންނެވިފައިވާ ދެސަރަޙައްދަށް ވަޑައިގެން ނީލަމުގައި ބައިވެރިވެ ދެއްވުން އެދެމެވެ. ނީލަމުން ރުއްގަސް ނަންގަވާ ފަރާތްތަކުން 2023 އޮކްޓޯބަރު 25 ގެ 12:00 ގެ ކުރިން ފުވައްމުލަކު ސިޓީކައުންސިލަށް ފައިސާ ދައްކަވައި 2023 އޮކްޓޯބަރު 29 ވަނަ ދުވަހުގެ ކުރިން އެތަކެތި އެތަނުން ނެންގެވުން އެދެމެވެ. މުއްދަތު ހަމަވާއިރު ނުނަންގަވާ ހުންނަ ތަކެތި އެއީ ބޭނުންނެތް  ތަކެތި ކަމުގައި ބަލާ އުކާލެވޭނެއެވެ.

   މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.    

16 އޮކްޓޫބަރު 2023