މަސައްކަތް
ނަންބަރު: (IUL)O6-GRH-OU-05322/O6-GRH/2023/108
ޕަބްލިޝްކުރި ތާރީޚް: 15 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 15:59
ސުންގަޑި: 25 އޮކްޓޫބަރު 2023 14:00
ގަން ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ލ.ކުނަހަންދޫ ޞިއްޙީ މަރުކަޒުން ލ.ހިތަދޫ ޞިއްޙީ މަރުކަޒަށް ސާމްޕަލް ގެންދިޔުމާއި އަނބުރާ ގެންގޮސްދޭނެ ފަރާތެއް ހޯދުން

ލ.ކުނަހަންދޫ ޞިއްޙީ މަރުކަޒުން ނަގާ ސާމްޕަލްތައް، ލ.ހިތަދޫ ޞިއްޙީ މަރުކަޒަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގެ ކުރިން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވެލައްވައި، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުމަށް، މި އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

 ރަޖިސްޓަރީ ވުމަށް ބޭނުންވާ ފޯމާއި، ބީލަމާބެހޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މި އިދާރާގެ ކައުންޓަރުން ވެސް ލިބެން ހުންނާނެ އެވެ. ބީލަމުގައި ރަޖިސްޓަރީ ވުމަށް އެދޭ ފޯމު ފޮނުއްވާނީ މި އިދާރާގެ އީމެއިލް [email protected] އަށެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވުމުގެ ސުންގަޑި

އަންދާސީހިސާބު ހުށަހެޅުން

25 އޮކްޓޫބަރު 2023 (ބުދަ) ދުވަހުގެ 14:00

26 އޮކްޓޫބަރު 2023 (ބުރާސްފަތި) ދުވަހުގެ 10:30 (ގުރަހަ މާލަން)

އަދި ދަންނަވަމެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ނުވާ އެއްވެސް ފަރާތެއްގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6805905 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

15 އޮކްޓޫބަރު 2023