ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ހދ. ނައިވާދޫ މާހިޔާ ގެސްޓްހައުސްގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރައްވަވާ މިކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.
ބިޑު ރަޖިސްޓްރީކުރުން |
ޕްރީ ބިޑް މީޓިން |
އަންދާސީހިސާބު ހުށަހެޅުއްވުން |
15.10.2023 ން 22.10.2023 ގެ 10:00 ށް |
- |
25.10.2023 ގެ 9:30 ގައި |
އޮންލައިން ފޯމު މެދުވެރިކޮށް |
- |
ހދ.ނައިވާދޫ ކައުންސިލް އިދާރާގައި |
- ބިޑް ރަޖިސްޓްރީކުރާ ފޯމް: https://forms.gle/4XNcEsUWnv3YuvAc6
- ހދ. ނައިވާދޫ މާހިޔާ ގެސްޓްހައުސްގެ ވަށާފާރު ރޭނުމުގެ މަސައްކަތަށް ބޭނުންވާ ރިކުއާރމެންޓްސް ހިމެނޭ ބީލަން ފޮތް މި އިއުލާނާއެކު އެޓޭޗް ކުރެވިފައި އެވަނީއެވެ.
އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ހދ. ނައިވާދޫ މާހިޔާ ގެސްޓްހައުސްގެ ވަށާފާރު ރޭނުމުގެ މަސައްކަތް " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށާއި ގަޑިޖެހިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
30 ރަބީއުލްއައްވަލް 1445
15 އޮކްޓޯބަރ 2023