ބީލަން
ނަންބަރު: WAMCO-PRO/IUL/2023/125
ޕަބްލިޝްކުރި ތާރީޚް: 15 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 09:37
ސުންގަޑި: 23 އޮކްޓޫބަރު 2023 11:00
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ރ.ވަންދޫގައި ކުރަމުން ގެންދާ މުވައްޒަފުންގެ ދަތުރުފަތުރުތައް ކުރުމަށް ބޭނުންވާ ފެރީ ދޯންޏެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުން.

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ނަންބަރު : WAMCO-PRO/IUL/2023/125

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ރ.ވަންދޫގައި ކުރަމުން ގެންދާ މުވައްޒަފުންގެ ދަތުރުފަތުރުތައް ކުރުމަށް ބޭނުންވާ ފެރީ ދޯންޏެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުން.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ރ.ވަންދޫގައި ކުރަމުން ގެންދާ މުވައްޒަފުންގެ ދަތުރުފަތުރުތައް ކުރުމަށް ބޭނުންވާ ފެރީ ދޯންޏެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް މިކޯޕަރޭޝަނުން ކުރެވުނު ނަމްބަރު WAMCO-PRO/IUL/2023/124 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީވެ ދެންނެވުނު އިޢުލާން ބާތިލްކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ރ.ވަންދޫގައި ކުރަމުން ގެންދާ މުވައްޒަފުންގެ ދަތުރުފަތުރުތައް ކުރުމަށް ތިރީގައި މިދަންނަވާ އުޅަނދު ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ، މިކޯޕަރޭޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި މާލެ އިންޑަސްޓްރިއަލް ޒޯންގައި ހުންނަ ވެމްކޯގެ އޮފީހަށް ނުވަތަ ރ.ވަންދޫގައި ހުންނަ ވެމްކޯގެ އޮފީހަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުން

23 އޮކްޓޯބަރ 2023 (ހޯމަ)

11:00 (ހެނދުނު)

މާލެ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯގެ އޮފީސް ނުވަތަ ރ.ވަންދޫ ވެމްކޯ އޮފީސް

01 ފެރީ ދޯނި

 

23 އޮކްޓޯބަރ 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00ގެ ފަހުން ލިބޭ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ. ބީލަން ހުށަހަޅުއްވާއިރު މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ބީލަންތައް ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރައްވާފައިވާ ފަދައިން ބައިންޑްކުރެވި ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މަޢުލޫމާތު ކަރުދާސް މި ކޯޕަރޭޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.  މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރު ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ. 

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މއ. ޖަންބުގަސްދޮށުގެ،  ތިންވަނަ ފަންގިފިލާ

މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ.

ޕޯސްޓަލްކޯޑް:20161

ފޯން ނަންބަރު: 3025804  ފެކްސް ނަންބަރު:  3000584 

[email protected]

[email protected]

15 އޮކްޓޯބަރ 2023

15 އޮކްޓޫބަރު 2023