ޢާންމު މަޢުލޫމާތު
ނަންބަރު: BAM/IUL/2023/050
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 14:28
ސުންގަޑި: 22 އޮކްޓޫބަރު 2023 14:00
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
18 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް 2023 ގްރޭޓަރ މާލެ ޒޯން، ސެންޓްރަލް ޒޯން މުބާރާތަށް ޓެކްނިކަލް އޮފިޝަލުން ހޯދުމާ ބެހޭ

އިޢުލާން  

18 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް 2023 ގްރޭޓަރ މާލެ ޒޯން، ސެންޓްރަލް ޒޯން މުބާރާތަށް ޓެކްނިކަލް އޮފިޝަލުން ހޯދުމާ ބެހޭ

 

18 ވަނަ އިންޓަރ ސްކޫލް ގްރޭޓަރ މާލެ ޒޯން، ސެންޓަރަލް ޒޯން ބެޑްމިންޓަން މުބާރާތް 02 ނޮވެމްބަރ 2023 ގައި މާލެ ކުޅިވަރު އެކުވެނި ބެޑްމިންޓަން އިންޑޯ ހޯލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެން ކަމުން މި މުބާރުތެގެ މެޗް އޮފިޝަލްކަން ކޮށްދޭނެ ފަރާތްތަކަށް މި ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތްކުރާ ފަރާތްތަކަށް މިކަމަށް ކަނޑައެޅިފައިވާ އުޖޫރަދެވޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި ބެޑްމިންޓަން އެސޯސިއޭޝަނަށް 22 އޮކްޓޯބަރ 2023 ގެ 14:00 ގެ ކުރިން ސިޓީ ފޮނުއްވުން އެދެމެވެ. ނުވަތަ މި އެ ސޯސިއޭޝަންގެ އީމެއިލް އެޑްރެސް [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

14 އޮކްޓޫބަރު 2023