މަސައްކަތް
ނަންބަރު: (IUL)GS45/2023/021
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 23:24
ސުންގަޑި: 25 އޮކްޓޫބަރު 2023 10:30
އައްޑުއަތޮޅު ފޭދޫ ސްކޫލް
ދިވެހިރާއްޖެ
ކެންޓީނު ހިންގާނެ ފަރާތެއް ހޯދުމާގުޅޭ

ކެންޓީނު ހިންގާނެ ފަރާތެއް ހޯދުމާގުޅޭ

މި ސްކޫލުގައި ކެންޓީނުގެ ޚިދުމަތް ދެވޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީހަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީހަށް އަންދާސީ ހިސާބު ހުށަހެޅުއްމަށް ދަންނަވަމެވެ.

މަޢުމާތު ސާފުމުރުން

18 އޮކްޓޯބަރު 2023 ދުވަހުގެ 10:30 ގައި ފޭދޫ ސްކޫލް އޮފީހުގައި

އަންދާސީހިސާބު ހުށަހެޅުން

25 އޮކްޓޯބަރު 2023 ދުވަހުގެ 10:30 ގައި ފޭދޫ ސްކޫލް އޮފީހުގައި

 

ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ސާފުތާހިރުކޮށް ތާޒާކަމާއެކު ކުދިންނަށާއި އަދި ޓީޗަރުންނަށް ޚިދުމަތް ދެވޭނެ ފަރާތްތަކާއި އަދި ވީހާވެސް ހެޔޮއަގެއްގައި ކެންޓީނުގެ ޚިދުމަތް ދެވޭނެ، މިދާއިރާގައި މިހާރުވެސް މަސައްކަތްކުރާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު : 6892546 އަށް ގުޅުންވުން އެދެމެވެ.

12 އޮކްޓޫބަރު 2023